
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން ސޫރިޔާއަށް ނިރުބަވެރި ޙަމަލާތަކެއްދީ، ސޫރިޔާގެ އަސްކަރިއްޔާގެ 18 ސިފައިން ޝަހީދު ކޮށްލައިފިއެވެ. މިއީ، ސޫރިޔާގައި ދިރިއުޅޭ ދްރޫޒީ ވަންހައިގެ މީހުންނާއި ބަދަވީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުވުމުގެ ނަމުގައި ދީފައިވާ ޙަމަލާތަކެކެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ، ދްރޫޒީންނާއި ބަދަވީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ކޮންޓުރޯލު ކުރުމަށް އެ ސަރަޙައްދަށް ދަތުރު ކުރި ސިފައިންނަށެވެ. ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ދްރޫޒީ ވަންހައިގެ މީހުން ދިރިއުޅޭ އަލް-ސުވަޔިދާއަށް ކަމުގައެވެ. ޔަހޫދީ ސިފައިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ އަސްކަރީ ޓޭންކުފަހަރަށެވެ. ސުވަޔިދާގައި ދިރިއުޅޭ ދްރޫޒީންނާއި ބަދަވީންނާ ދެމެދު ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ޖުލައި 13ވަނަ ދުވަހުއެވެ. މިއީ، އެ ރަށުގައި ދިރިއުޅޭ ދެ ދަރިކޮޅުގެ މީހުންގެ ދެމެދުގައި މި ފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވާ ފުރަތަމަ ފަހަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ސޫރިޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޙަސަން ޢަބްދުލްޣަނީ ބުނީ، ސްވަޔިދާގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކަކުން ވެސް އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިން ޒަޚަމުވެފައިވާ ކަމުގައެވެ. ނަމަވެސް، އެއީ ކޮން ދަރިކޮޅަކަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތްތަކެއް ކަން އޭނާ ސާފުކޮށްދީފައެއް ނުވެއެވެ. ސޫރިޔާގެ ސިފައިންނާއި ޢާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ސޫރިޔާގެ އަސްކަރީ ޓޭންކުތަކަކަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާނެ ކަން ޔަހޫދީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެއީ، ސޫރިޔާގައި ދިރިއުޅޭ ދްރޫޒީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޔަހޫދީން ބުންޏެވެ.
ޒަޔަނިސްޓު އިސްރާއީލުގައި ވެސް ދްރޫޒީ ވަންހައިގެ 120,000އެއްހާ މީހުން އާބާދީއެއް ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު އިންސައްތައެއް ދިރިއުޅެނީ، ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކުގައެވެ. ދްރޫޒީ ދަރިކޮޅުގެ މީހުން ޔަހޫދީ ފައުޖުގައި ވެސް ޚިދުމަތް ކުރެއެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެ މީހުންގެ ބައިވެރިވުން އޮންނާނެ ކަމަށް ބެލެވެއެވެ. ސޫރިޔާގައި ދިރިއުޅޭ ދްރޫޒީންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމުގެ ނަމުގައި ސޫރިޔާގެ އަސްކަރިއްޔާއަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި މި ވަނީ އެ ސަބަބާ ހުރެ ކަމަށް ބެލުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ސުވަޔިދާގައި ދިރިއުޅޭ ދްރޫޒީންނާއި ބަދަވީންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 30އެއްހާ މީހުން ވަނީ މަރުވެފައެވެ. ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އެ ސަރަޙައްދަށް ސިފައިން ފޮނުވާފައި ވަނީ އެ ހަމަނުޖެހުންތައް ހުއްޓުވުމުގެ ނަމުގައެވެ. އަދި، ކުރިމަތިލުންތަކެއް ސަލާމަތް ކަން ހޯދުމަށް އެ ސަރަޙައްދު ދޫކޮށް ދަތުރު ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް، ޖުލައި 14ވަނަ ދުވަހު ވެސް އިތުރު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
