
އިންޑިޔާގެ ޔޫނިއަން ޞިއްޙަތާބެހޭ ވުޒާރާއިން، އެ ޤައުމުގެ ފިހާރަތަކުގައި ވިއްކާ ބަޖިޔާއާއި ޒިލޭބީ، ވަޑަޕަވް އަދި ކަޗޮރީފަދަ ލުއި ކާނާގެ ޕެކިންގގައި އިންޒާރެއް ޖެހުމަށް ނިންމައިފިއެވެ. ސިނގިރޭޓީ ފޮށީގެ ބޭރުގައި ހަރުކޮށްފައި ހުންނަ ގޮތަށް މި ފަދަ ކާނާގެ ބޭރުގައި އިންޒާރެއް ހަރުކުރުމަށް އެ ވުޒާރާއިން ނިންމާފައި ވަނީ ދުޅަހެޔޮ ޞިއްޙަތު ކުރިއެރުވުމަށް ހިތްވަރުދީި، މާ ބޮޑަށް ބަރުވުން ނުވަތަ އޮބެސިޓީ، އަދި ގައިންގަޔަށް ނާރާ ބަލިތަކުން އިންޑިޔާގެ ރައްޔިތުން ރައްކާތެރިކޮށް ދިނުމަށް ހިތްވަރު ދިިނުމުގެ ގޮތުންނެވެ. ޞިއްޙީ ވުޒާރާއިން ވަނީ އިންޑީޔާގެ އެންމެހާ ވުޒާރާތަކާއި ޑެޕާޓްމަންޓުތަކާއި މިނިވަން މުއައްސާތަކުން މި މަސައްކަތަށް އެއްބާރުލުން ދިނުމަށް ގޮވާލައިފައެވެ.
ޞިއްޙީ ވުޒާރާއިން އިދާރާތަކަށް ފޮނުވި އެނގުމެއްގައި ވަނީ މި ފަދަ ކާނާގައި ތެލާއި ހަކުރު ހުންނަ މިންވަރު ސާފުކޮށް ފެންނަން ހުންނާނެހެން ޖަހާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދުޅަހެޔޮ ޞިއްޙަތަށް ހިތްވަރުދޭ މެސެޖުތައް، ލިޔެކިޔުމަށް ބޭނުންކުރާ ރަސްމީ ސާމާނުގައި ޖަހާފައި ބެހެއްޓުމަށް ވެސް އެދިފައިވެއެވެ. އެގޮތުން ސިޓީއުރައާއި ނޯޓު ފޮތާއި ފައިލާއި ފޮތްފޮތުގައި މި ފަދަ މެސެޖުތައް ޖަހާފައި ހުރުމުން އެއީ ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށް މަސައްކަތްކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ބަޖިޔާއާއި ޒިލޭބީން ހަށިގަނޑަށް ހަމަ އެހައި ގެއްލުންވޭތަ؟
މީހާގެ އިސްކޮޅާއި އުމުރާ އަޅާބަލައިއިރު މާ ބޮޑަށް ބަރުވުމަކީ ޞިއްޙަތަށް ތަފާތު ނުރައްކާތައް ކުރިމަތިކުރުވާ، ސީރިއަސް މައްސަލައެކެވެ. ނަމަވެސް އެއީ ދިރިއުޅުމަށް ގެންނަ ބަދަލުތަކާއެކު ބަދަލުކުރެވޭނެ ޙާލަތެކެވެ. އެ ގޮތުން ކެއުންބުއިން ވަކި ގޮތަކަށް ބައްޓަންކުރުމަކީ ހަށިގަނޑަށް އެންމެ ފައިދާ ބޮޑު ގޮތެވެ. ޒިލޭބީ ފަދަ ކާނާއަކީ އޭގެ ގްލައިސެމިކް އިންޑެކްސް ވަރަށް މަތީގައި ހުންނަ ކާނާއެކެވެ. އެ ކެއުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް އަރައިގެން ދެއެވެ. ޒިލޭބީއަކީ ހަށިގަނޑަށް ފައިދާހުރި ބައިތައް ހިމެނޭ ކާނާއެއް ނޫނެވެ. މާ ބޮޑަށް ފަލަވެ ބަރުވުމުން ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި ކޮލެސްޓްރޯލް މިންވަރު މައްޗަށް ދިޔުމަކީ ވެސް ދިމާވެދާނެ މައްސަލަތަކެވެ. ހިތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ ސަމީރު ގުޕްތާ ވިދާޅުވީ މި ފަދަ ކާނާއަކީ ޓްރާންސް ފެޓް ގިނަ ބާވަތްތަކެއް ކަމުން ލޭހޮޅޮތަކުގައި ސަރުބީ ޖަހައި އޭގެ ސަބަބުން ދުޅަވުމާއި ލޭ ހޮޅިތައް ބެދުމަށް މަގުފަހިވާ ކަމަށެވެ.
މިފަދަ ކާނާގެ ބޭރުގައި އިންޒާރުގެ މެސެޖުތައް ޖެހުމުން ފައިދާއެއް ނުރާނެތަ؟
ޑރ ގުޕްތާ ވިދާޅުވީ އިންޑިޔާގައި އެޮބެސިޓީއާއި ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މައްޗަށް ދިޔުން ފަދަ ޞިއްޙީ މައްސަލަތައް އެހާ ގިނައީ ސަމޯސާއާއި ޒިލޭބީފަދަ ތެޔޮ ގިނަ ކާނާ މާގިނައިން ކެއުމާއި ކެއުމަށް ނުބަލާތީ ކަމަށެެވެ. އެހެންކަމުން ކާނާގައި ހުންނަ ބާވަތްތައް ފެެންނާނެހެން ހަރުކޮށް އިންޒާރުގެ މެސެޖުތައް ޖެހުމުން އާއްމު މީހާއަށް ވެސް އެ ކާނާއެއްގެ ފައިދާއާއި ގެއްލުން އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކިހިނެއް؟
އިންޑިޔާގެ ރައްޔިތުން އާއްމުކޮށް ކައި އުޅޭ ލުއި ކާނާގައި، އެ އެއްޗެއްގައި ހިމެނޭ ބާވަތްތައް ޖަހާފައިވާ އިންޒާރުތައް ހަރުކުރުމުން އާއްމުންނަށް މަޢުލޫމާތު ލިބޭނެއެވެ. މަދަރުސާތަކާއި އޮފިސްތަކާއި އެފަދަ ތަންތަނުގައި ތެލާއި ހަކުރުން ލިބޭ ގެއްލުންތައް ބަޔާންކޮށްފައިވާ ޕޯސްޓަރު ހަރުކުރާނެ ޚާއްޞަ ބޯޑެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، މި ބާވަތްތައް މާ ގިނައިން ބޭނުންކުރުމުން ދިމާވާ މައްސަލަތަކާގުޅޭ މެސެޖު ވެސް ކުރިއަށް އޮތް ތަނުގަައި ފޮނުވުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ވުޒާރާތަކާއި މުއްސަސާތަކުން ހަކުރާއި ފެޓްސް ގިނަ ލުއިކާނާ ގެ ބަދަލުގައި ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ފަސޭހަކަމާއި އަގުހެޔުކަމާއެކު ލިބެން ހުންނާނެ ގޮތަށް ކަންކަން ރާވައިލުމަށް ވެސް އިދާރާތަކަށް ވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން ކަސްރަތުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލާނެއެވެ.
އިންޑިޔާގައި ފަލަވުމުގެ ބަލީގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެ ގޮތުން އިންޑިޔާގެ ނޭޝަނަލް ފެމިލީ ހެލްތުން ހެދި ސާވޭއަކުން އެނގުނު ގޮތުގައި އިންޑިޔާގެ ސިޓީ ސަރަައްދުތަކުގައި ދިރިއުޅޭ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ފަލަވުމުގެ ބަލީގެ މައްސަލަ ހުންނަ މީހެކެވެ. އަންހެނުންގެ ތެރެއިން 24 އިންސައްތަ މީހުން މާ ބޮޑަށް ބަރުވެފައިވާ ކަަމަށާއި ފިރިހެނުންގެ ތެރެއިން 23 އިންސައްތަ ވެސް ހުަންނަންވާ ވަރަށް ވުރެ ބަރު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ބަރުވުމުގެ މި މައްސަލަ ކުރިމަތިވާ މިންވަރު ވަނީ 2.1 އިންސައްތައިން 3.4 އިންސައްތައަށް އިތުރުވެފައެވެ. 2050ވަނަ އަހަރުގެ ކުރިން އިންޑިޔާގެ 450 މިލިޔަން މީހުންނަކީ ހުންނަންވާ ވަރަށްވުރެ ބަރު މީހުންނަށް ވާނެ ކަމަށް ބެލެވެއެވެ.
މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އާންމު ޞިއްހަތުގެ ރަނގަޅު ސިޔާސަތުތަައް ބައްޓަންކޮށް، ޖިސްމާނީ ހަރަކާތްތެރިކަން ކުރިއެރުވުމާއި، ސިއްޙަތަށް ފައިދާހުރި ކާނާ ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކެވޭ ބާވަތްތައް އެނގޭނެ ފަދަ ގޮތަކަށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްަކަވަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ފާއިތުވި އަހަރުތަކުގައި ފަލަވުމުގެ މައްސަލަތައް ދެގުނައަށް އިތުރުވެފައިވާ ކަމަށާއި އިންޑިއާގައި ފަލަވުމުގެ އާބާދީއަށް ސަމާލުކަން ދޭން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ކެއުމަށް އިތުރަށް ބަލައި، ތެޔޮ ބޭނުންކުރުމު ގައި ވެސް އާއްމުކޮށް ބޭނުންކުރާ މިންވަރަށްވުރެ 10 އިންސައްތަ މަދުން ތެޔޮ ބޭނުން ކުރުމަށް އެދިވަޑައިގެންފައި ވެއެވެ.
ހަމަ އެކަމަށް ވަކާލާތު ކުރައްވަމުން ޑރ ގުޕްތާ ވިދާޅުވީ އިންޑިޔާއަކީ ދުނިޔޭގެ އެންމެ ހަކުރުބަލި ގިނަ ޤައުމު ކަމަށެވެ. އިންޒާރުގެ ލޭބަލްތައް ހަރުކުރުން ރަނގަޅު ކާނާ އިހްތިޔާރު ކުރުމަށް އާއްމުންނަށް ހިތްވަރު ލިބޭނެ ކަމަށާއި އެއީ މިއަދަށްވުރެ ދުޅަހެޔޮ އިންޑިޔާއަކާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
