
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އުންމީދުކުރަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކަންކަން ހައްލުވެގެންދާ ގޮތަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންތައްތައްވެސް ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންތައްތައް ރަނގަޅުކުރުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އާއިއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މަޝްވަރާކުރަމުންދާ ކަމަށެވެ. ޠަލާލް ވިދާޅުވީ ބޭނުންވަނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށް ވިދާޅުވިއެވެ.
“އުންމީދު ކުރަނީ ހަމަ ބެޓްމިންޓަންސްވެސް ހުރިހާ އެއްމެން އެކައްޗެއް ކިޔައިގެން ރަނގަޅު މަގަކަށް އެޅުވިގެން ރަނގަޅު ގޮތަކަށް ބެޑްމިންޓަންގެ ހަރަކާތްތައްވެސް ކުރިޔަށް ގެންދެވޭނެ ކަމަށް. ދެން އަޅުގަނޑުމެން މީގައި ވަކިގޮތަކަށް ވަކި ކަމެއް ކުރަން ބުނަނީއެއް ނޫން އެހެންނަމަވެސް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ކުރިޔަށް ގެންދަން އަޅުގަނޑުމެން ބޭނުންވަނީ” ޠަލާލް ވިދާޅުވިއެވެ. ޠަލާލް ވިދާޅުވީ އެމްއޯސީން ބީޑަބްލިއުއެފް އާއި އެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެކުލަވާލި އެޑްހޮކް ކޮމިޓީގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ މެމްބަރެއް ހިމެނިފައިނުވާކަމަށް ބުނެ ބެޓްމިންޓަންގެ ބައިނަލްއަގުވާމީ މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ މެއި 16 ގައި ރާއްޖެ ސަސްޕެންޑްކޮށްފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު، ކުޅިވަރު ވުޒާރާއިން 30 އޭޕްރީލްގައި ވަނީ ވަގުތީ ގޮތުން އުވާލާފައެވެ. ބެޑްމިންޓަން އެސޯސިއޭޝަނުގެ މައްސަލަ ހައްލުކުރުމަށް އެމްއޯސީން ވަނީ ބެޓްމިންޓަން ވޯލްޑް ފެޑެރޭޝަން އާއި އޭޝިއަން ފެޑެރޭޝަނާވެސް މަޝްވަރާކޮށްފައެވެ. ބެޑްމިންޓަން އެސޯސިއޭޝަނަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލައި، އެ އެސޯސިއޭޝަނާއި މެދު ފިޔަވަޅު އެޅީ ބެޑްމިންޓަން ކުޅުންތެރިންނާއި އެ އެސޯސިއޭޝަންގެ ޓެކްނިކަލް އޮފިޝަލުންގެ ހައްގުގައި އެ ކުޅިވަރު ހީނަރުވެގެން ހިނގައިދާނެކަމުގެ ބިރުހީވުމުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
