
އޭޝިއަން ޔޫތް ގޭމްސް 2025 އަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ސިލެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިއްޔެ މި ފުރުސަތު ހުޅުވާލާފައިވާއިރު މި ސިލެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެއެވެ. އޭޝިއަން ޔޫތް ގޭމްސް މިއަހަރު އޮންނާނީ އޮކްޓޯބަރު 26-30 އަށް ބަޙްރެއިންގައެވެ. މި މުބާރާތުގައި ރާއްޖޭން ބައިވެރިވާ ޓީމަށް ހޮވާނީ 3 އަންހެން ކުޅުންތެރިންނާއި 3 ފިރިހެން ކުޅުންތެރިންނެވެ.
އޭޝިއަން ޔޫތް ގޭމްސްގައި ވާދަކުރުމަށް ނަން ނޯޓު ކުރެވޭނީ މިދިޔަ ޖޫންމަހު ބޭއްވި ނޭޝަނަލް ރޭންކިންގައި ވާދަކޮށްފައިވާ ކުޅުންތެރިންގެ ތެރެއިން 2009، 2010 އަދި 2011 ގައި އުފަންވެފައިވާ ކުޅުންތެރިންގެ ތެރެއިން 14-16 އަހަރާއި ދެމެދުގެ ކުޅުންތެރިންނަށް ކަމަށް ޓީޓީއޭއެމް އިން ބުނެއެވެ. ނޭޝަނަލް ރޭންކިންގައި ބައިވެރިވެފައިވާ ކުޅުންތެރިންގެ މެދުގައި ބާއްވާ ސިލެކްޝަނުގައި ކޮންމެ ކެޓަގަރީއަކުންވެސް 5 ނުވަތަ 6 ކުޅުންތެރިންނަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ ޖޫން މަހު ބޭއްވި ނޭޝަނަލް ރޭންކިން ކެޑޭޓް އާއ ޖޫނިއާ އަދި ސީނިއާ ކެޓެގަރީގެ ތެރެއިން މެއިން ރައުންޑްގައި ވާދަކޮށްފައިވާ ކުޅުންތެރިންނަށް އިސްކަންދޭނެ ކަމަށް ޓީޓީއޭއެމްއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
