
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ގަތުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ހުށަހެޅި 58 މިލިޔަން ޕައުންޑުގެ ބިޑަށް ލިވަޕޫލްއިން ނޫނެކޭ ބުނެފިއެވެ. މި މަހުގެ ކުރީ ކޮޅު ވެސް ބަޔާންއިން ވަނީ އޭނާ ގަތުމަށް ލިވަޕޫލުން ކުރެން އަހައިފަ އެވެ. ނަމަވެސް ލިވަޕޫލްގެ ޖަވާބަކީ އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އުމުރުން 28 އަހަރިގެ ޑިއާޒް ވަނީ ލިވަޕޫލާއެކު 2027 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހަދައިގެންނެވެ. އޭނާ ގަތުމަށް ބަޔާންގެ އިތުރުން ސްޕޭނުގެ ބާސެލޯނާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިވަޕޫލުން ކުޅުންތެރިޔާ ދޫކޮށްލަން އެއްބަހެއްނުވެ އެވެ.
ޑިއާޒް ވިއްކާނަމަ ލިވަޕޫލުން އެކަމާ ވިސްނާނީ ވެސް 100 މިލިއަން ޔޫރޯ ހުށަހަޅައިފިނަމަ އެކަނި ކަމަށް ވެސް ސްޕޭނުގެ އިނގިރޭސި ނޫސްތަކުން ބުނެ އެވެ. ނަމަވެސް މިއީ ބަޔާން އާއި ބާސެލޯނާ ވެސް ދޭން ބޭނުންވާ އަގެއް ނޫނެވެ. ޑިއާޒް ވަނީ ލިވަޕޫލާ ގުޅުނު ފަހުން މިދިޔަ ސީޒަނުގައި އެ ޓީމަށް 22 ގޯލު ޖަހައިދީފަ އެވެ. ޑިއާޒަކީ ބާސެލޯނާގެ ސަޕޯޓަރެކެވެ. އަދި އޭނާގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅު ބާސެލޯނާގެ ޖާޒީގައި ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުރިން ބުނެފަ އެވެ.
ބާސެލޯނާއިން ޑޮއާޒް ގަތުމަށް އިތުރަށް މަސައްކަތް ކުރަން މި ފެށީ އެކުލަބުގެ މާލީ ހާލަތު ރަނގަޅުވާން ފެށުމުންނެވެ. ހާއްސަކޮށް ސްޕެނިޝް ލީގުން ދީފައިވާ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ކުޅުންތެރިންނަށް ކުރެވޭ ހޭދަ އާއި މުސާރައިގެ ގޮތުގައި ދެވޭނެ އަދަދުގެ ލިމިޓް މިހާރު އެކުލަބަށް ވަނީ އިތުރުވެފަ އެވެ. މިހެންވެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އެންމެ ބޮޑަށް ފާރަލަމުން އަންނަ އެއް ކުޅުންތެރިންތެރިއަކީ ވެސް ޑިއާޒް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
