
މެންޗެސްޓާ ސިޓީން އެ ކުލަބުގެ ޖާޒީ ތައްޔާރުކޮށްދޭ ކުންފުނި ޕޫމާއާއެކު އެއް ބިލިޔަން ޕައުންޑުގެ އަގަކަށް އެއްބަސްވެއްޖެއެވެ. މިއާއެކު ކުރިއަށް އޮތް 10 އަހަރު އެ ކުލަބުގެ ޖާޒީ ތައްޔާރުކޮށްދޭނީ ޕޫމާއިންނެވެ. ސިޓީއިން އެންމެ ފަހުން ޖަރުމަނުގެ މި ކުންފުންޏާއެކު ސޮއި ކުރީ 2019 ވަނަ އަހަރު 65 މިލިއަން ޕައުންށްގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް 2035 ވަނަ އަހަރާ ހަމަ އަށް މި އެއްބަސްވުން އައު ކުރަން އެއްބަސްވީ އަހަރަކަށް 100 މިލިއަން ދޭ ގޮތަށެވެ. މިއީ ވާދަވެރި އިނގިރޭސި އެހެން ކުލަބުތަކަށް ވުރެ ބޮޑު އަގެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީ އެޑިޑާސްއިން ތައްޔާރު ކުރަނީ އަހަރަކަށް 60 މިލިއަން ޕައުންޑަށެވެ.
ސިޓީ އަކީ ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމެވެ. އަނެއް ކޮޅުން ކާމިޔާބީތަކާއެކު އެންމެ އާމްދަނީ ބޮޑު ކުލަބަކީ ވެސް އެއީ އެވެ. 30 ޖޫން 2024ގައި ސިޓީއިން އާއްމު ކުރި ތަފާސް ހިސާބުތައް ބުނާ ގޮތުން 715 މިލިއަންގެ އާމްދަނީ އެއް އެ ކުލަބަށް ވަނީ ލިބިފަ އެވެ. ސިޓީ ފުޓްބޯލް ގްރޫޕުގެ ސީއީއޯ ފެރަން ސޮރިއާނޯ ވިދާޅުވީ ޕޫމާއާއެކު ކުރިއަށް ދާން ނިންމީ ހީކުރި ވަރަށް ވުރެ ކާމިޔާބު އަދި ރަނގަޅު ޕްރޮޕޯސަލަކަށް ކަމަށެވެ.
“ޕޫމާ އިން ވަނީ އަހަރުމެންނަށް ވަރަށް ރަނގަޅަށް މިދިޔަ ދުވަސްތަކުގައި ކަންތައްތައް ކޮށްދީފައި. އެ މީހުންނާއެކު މި ކުލަބުގެ ތާރީހު އިތުރަށް ފުރިހަމަކޮށް ކާމިޔާބު ހޯދަން މި ކުލަބުން މި ވަނީ ނިންމާފައި. ކާމިޔާބީގެ ގޮތުގައި ލިބޭ ތަށިތަކާ އެއްވަރަށް އަހަރުމެން ބޭނުންވަނީ މާލީ ގޮތުން ވެސް މި ކުލަބު ކުރިއަރައިދާން. އެކަމަށް މިވަގުތު އެންމެ ރަނގަޅު ބަޔަކީ ޕޫމާ،” ސޮރިއާނޯ ވިދާޅުވި އެވެ.
ސިޓީން އަންނަ ސީޒަނާ ކުރިމަތިލާނީ ހުސްވި ސީޒަނުގެ ކުރިން ވިދިވިދިގެން ހަތަރު ފަހަރު ހޯދި ޕްރެމިއާ ލީގު ތަށި އަލުން ހޯދުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
