
(ފޮޓޯ ކްރެޑިޓްސް: އެމްއެސް މޭޓްސް)
އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ (އައިއެސްއޭ) އިން ރާއްޖެއަށް ކުރި ދަތުރުގެ ތަޖުރިބާއަށްފަހު، ދެން ކުޅުންތެރިން ގޮވައިގެންދާނީ ޗެލްސީ ފުޓްބޯޅަ ކުލަބާއެކު މެޗުތަކެއް ކުޅުމަށް ކަމަށް އެ އެކެޑަމީގެ ޑިރެކްޓަރު ކީތު އެލައިޖަރ ބުނެފިއެވެ. އޮސްޓްރޭލިއާގެ އައިއެސްއޭ ޔޫތު ފުޓްބޯޅަ ޓުއަރގެ ތަޖުރިބާ ޕީއެސްއެމް ނިއުސްއާއި ހިއްސާކުރަމުން އެލައިޖާ ބުނީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އައުމަށް ވިސްނަމުންދާ ކަމަށެވެ. ދެން އެންމެ އަވަހަށް އެ އެކަޑަމީން ދާނީ ޗެލްސީ ފުޓްބޯޅަ ކުލަބާއެކު ތަޖްރިބާހޯދުމަށްކަމަށާއި، އެގޮތުން ސެޕްޓެމްބަރުގައި އައިއެސްއޭގެ ސީނިއާ ކުޅުންތެރިން ގޮވައިގެން ލަންޑަނަށްދާން ނިންމާފައިވާ ކަމަށް އެލައިޖާ ބުންޏެވެ.
އެލައިޖާ ބުނީ ޔޫރަޕުން ދަސްކުރާ ހުނަރުތަކާއެކު އެނބުރި ރާއްޖެ އަންނާނެ ކަމަށާއި، އަންނަ އަހަރު ރާއްޖޭގެ ކުޅުންތެރިންނަށް ޔޫރަޕުގެ ފުޓްބޯޅައިގެ އުކުޅުތައް ދަސްކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އުންމީދަކީ ޖަރުމަނާއި އިނގިރޭސިވިލާތަށް ރާއްޖޭގެ ކުޅުންތެރިން ގެންގޮސް ތަޖްރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭނެ މަގުތައް ހޯދުން ކަމަށްވެސް އެލައިޖާ ބުންޏެވެ. ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ޔޫރަޕް ފުޓްބޯޅައިގެ ތަމްރީނު ލިބޭނެ ގޮތްތައް ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، ކުޅުންތެރިންގެ އިތުރުން ކޯޗުންގެ ތަމްރީނަށްވެސް މަސައްކަތްކޮށްދޭނެ ކަމަށް އެލައިޖާ ބުންޏެވެ.
ޗެލްސީ ފައުންޑޭޝަނާއި އެކު އައިއެސްއޭއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ޖެނުއަރީގައިވެސް ސީނިއާ ކުޅުންތެރިން ވަނީ ޗެލްސީގައި ތަމްރީނު ދަތުރެއް ކޮށްފައެވެ. އައިއެސްއޭއިން ރާއްޖެއަށް ކުރި ދަތުރަކީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކުގައެވެ. އައިއެސްއޭ ޓުއަރގެ ކަންކަމުގައި ރާއްޖޭން އިސްކޮށް ހަރަކާތްތެރިވީ މޯލްޑިވްސް ސޮކަރ މޭޓްސްއިންނެވެ. މިއީ ކުޅިވަރު ވުޒާރާއާއި އެފްއޭއެމްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔަ ދަތުރެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
