
ސައުދީ ޕްރޯ ލީގުގެ ކުލަބު އަލް ނަސްރުގެ ކޯޗަކަށް އެ ޓީމާ އެންމެ ވާދަވެރި އެއް ކުލަބު ކަމަށްވާ އަލް ހިލާލްގެ ކުރީގެ ކޯޗު ޖޯޖް ޖީސުސް ހަމަޖައްސައިފިއެވެ. ޕޯޗުގަލް އަށް އުފަން އުމުރުން 70 އަހަރުގެ ޖޯޖް ވަނީ މީގެ ކުރިން އަލް ހިލާލް އަށް ކޯޗުކޮށްދީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. އެގޮތުން އަލް ހިލާލް ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވެ އޭނާ ވަނީ 2024-2023 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބަށް އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. އަލް ހިލާލް ގެ ކޯޗު ކަމުގެ މަގާމުން މީގެ ދެ މަސް ދުވަސް ކުރިން އިސްތިއުފާ ދިން ޖޯޖް ޖީސުސް އަލް ނަސްރުގެ ކޯޗު ކަމާއި ހަވާލުވިކަން އަލް ނަސްރު އިން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.
ބްރެޒިލްގެ ފުލުމިނެންސޭ އާއިއެކު ކޯޕާ ލިބަޓަޑޯރެސްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖޯޖް ޖީސުސް އަލް ނަސްރުގެ ކޯޗު ކަމަށް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި އިޓަލީގެ ސްޓެފަނޯ ޕިއޯލީގެ ބަދަލުގަ އެވެ. ޖޯޖް ޖީސުސް އަލް ނަސްރުގެ ކޯޗު ކަމާއި އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެފައިވާއިރު އޭނާގެ މުސާރަ އާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ސައުދީ ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު މަތިން ހޯދާފައިވާ އަލް ނަސްރު އިން ވަނީ އެ ޓީމަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް 2027 ގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑު ކުރުވަން ނިންމާފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
