
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ފަހުރުވެރި މިނިވަންކަމަށް 60 އަހަރު ފުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ސިޔާސީ ލީޑަރުންނަށް ވަރަށް މުހިންމު އިލްތިމާސެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ. ރައްޔިތުންނާ އެކު ޕޮޑްކާސްޓުގެ އަށްވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި އިހުއްސުރެ އޮތް ހަމަޖެހުމާއި އެކުވެރިކަން އަލުން އިޔާދަކުރުމަށްޓަކައި، މިހާރު އާލާވެފައި އޮތް ބަދަލުހިފުމުގެ ނުބައި ރޫހު ދޫކޮށްލައްވައި، ބިނާކުރަނިވި ފާޑުކިޔުމާއި ރަނގަޅުކުރަންވީ ކަންކަން ފާހަގަކުރެއްވުމުގެ އުސޫލުތަކަށް މަސައްކަތްކުރުމަށް ސިޔާސީ ފަރާތްތަކުން އިސްކަންދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ ރާއްޖެއަކީ ހަމަޖެހުން ގާއިމުވެފައި އޮތް، އެކުވެރި އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. އެމަނިކުފާނު ވަނީ ބަދަލު ހިފުމާއި ދެކޮޅުވެރިކަމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމައެއް ދިވެހި ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ. “އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުހިފުމާއި ދެކޮޅުވެރިކަން، މިއީ ކުރީގައި ވަރަށް ބޮޑަށް އޮތް ކަމެއް، އެކަން ނެތިގެން ގޮސް ވަރަށް ހަމަޖެހިގެން އުފާވެރި މުޖުތަމައެއްގެ ގޮތުގައި އުޅޭތަން ދެކެން. މިކަމަށް އެންމެ ބޮޑަށް ހުރަސްއެޅެނީ ސިޔާސީ ކަންކަމުގެ ތެރޭގައި ކުރިއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ހަނދާން ނެތިގެންދާތީ އަދި އެނޫންވެސް ގޮތްގޮތުން ނެތިގެންދާތީ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ހަގީގަތް ގުޅިފައިވަނީ ދިވެހިންގެ މެދުގައި އޮތް އެކުލެވުންތެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތު އޮތީ މި އުސޫލުގެ މަތިން ކަމަށާއި، މިހާތަނަށްވެސް، އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ކިބައިން ބަދަލުހިފުމުގެ ރޫހެއް ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ސިޔާސީ ގޮތުން އެއްވެސް މީހަކު ބަންދުކޮށް ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ސިޔާސީ ގޮތުން އެއްވެސް މީހަކު ބަންދުކޮށް، ޖަލަށް ލާފައިނުވާނެކަން ފާހަގަކުރައްވަމުން، އެ އާދައަކީ ރާއްޖޭގައި އަށަގަންނަވަންޖެހޭ ކަމެއް ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ތެރޭގައި ބިނާކުރަނިވި ފާޑުކިޔުން އަބަދުވެސް އޮންނަންޖެހޭނެ. ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަދައްކަންޖެހޭނެ. ތިމަންނައަށް ތިކަންތައް ތިއަށްވުރެ ރަނގަޅަށް ކުރެވިދާނޭ ބުނަންވާނެ މިހެންނޭ ތިމަންނަ ކުރާނަމޭ ބުނަންވާނެ،” ރައީސް ވިދާޅުވިއެވެ. އަދި ތަސައްރުފު ފުދިފައިވާ ޑިމޮކްރަސީތަކުން މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ އެ ގައުމުތަކުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ޒާތީ ގޮތުން މީހުންނަށް ގެއްލުންދިނުމާއި މުޑުދާރު ސިޔާސީ އުކުޅުތައް ބޭނުންކުރުން ފަދަ ކަންކަން ނުފެންނަ ކަމަށެވެ. އެގޮތަށް ތަހުޒީބު ގައުމުތަކުގައި ސިޔާސީ މަސައްކަތްކުރާ ގޮތްތަކުން ނަމޫނާ ލިބިގަނެގެން އެގޮތަށް މަސައްކަތް ކުރިއަށްގެންދަން ސިޔާސީ ލީޑަރުންނަށް ރައީސް ގޮވައިލެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
