
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަޝްރޫއުގައި ކުރީގެ ދެ ރައީސުން ކަަމަށްވާ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެތަނުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ތަފްސީލީ ގޮތެއްގައި ކިޔާދެއްވައިފިއެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ ‘ރައްޔިތުންގެ އަޑު’ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއާޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭ ކަމަށެވެ. އާ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވާލެއްވީ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާގޮތްކަން ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި އިލްމީ ބެކްގްރައުންޑުން އެތަން ބެއްލެވިއިރު އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވަރަށް ބޮޑަށް ސާފުވެވަޑައިގެންނެވި ކަމަށާއި، އޭރު އިމާރާތުގެ އޮނިގަނޑު ނިމިފައި ހުރިނަމަވެސް މުހިންމު މަސައްކަތްތައް ނުނިމި އަދި ބައެއް މުހިންމު މަސައްކަތްތައް ނުފަށާ އޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޓާމިނަލްގެ އެތެރޭގެ ގިނަ ކަންތައްތައް ހުރީ ނުނިމި ކަމަށެވެ. ހަމައެކަނި ޓާމިނަލްގެ އިމާރާތުން ނިމުނީ ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޓާމިނަލް އޮޕަރޭޝަނަށް ގެންނަނަމަ ކުރަންޖެހޭ އެތައް ކަމެއް ހުންނާނެ ކަމަށެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ޓާމިނަލްއަށް ދާން އޮންނަ މަގު ކަމަށެވެ. އެއިރު މަގު ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މީގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހެޑް އޮފް ސްޓޭންޑް. އެއާޕޯޓްގެ ޓާމިނަލް ހަގީގަތުގައި އެއްވެސް ކަހަލަ ގޮތަކަށް ބޭނުން ހިފުމަށްޓަކައި ހަދަންޖެހޭ މަގެއް އެއީ. މައިބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ، ނެތް ބަޔަކާއި ހަވާލުކޮށްފައެއް. ހަދަންވެސް ނެތީ ހަވާލުކޮށްފަވެސް އެ މަގު ހަދާކަށް. މަގުވެސް އަޅުގަނޑުމެން ހަދަން ހަވާލުކުރީ ބަޔަކާއި. މިހާރު ނިމުމަކަށް އައިއްސަ އެއޮތީ. ޓާމިނަލް ޕްރޮޖެކްޓްގެ %54 އެއިރު ނިމިފައި އޮތީ. ޓާމިނަލް ނިމުނަކަސް ތަން ބޭނުމެއް ނުކުރެވޭ މަގު ހެދިފައި ނެތިއްޔަކާ.”، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓާމިނަލް އެހާ ފެންވަރު ރަނގަޅަށް އެހާ ގިނަ ބަޔަކަށް ހިދުމަތްދޭ ގޮތައް ތަރައްގީކުރާއިރު އެތަނުގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭ ކަމަށެވެ. އެ މަސައްކަތްވެސް މި ސަރުކާރު އައިއިރު އެއްވެސް ބަޔަކާއި ހަވާލުކޮށްފައި ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ޓާމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަން ޖެހޭނެ. ކޮމާޝަލް އޭރިއާއެއް ހުންނަން ޖެހޭނެ. އެތަންވެސް ނެތް ބަޔަކާއި ހަވާލުކޮށްފައި. ހަމަ ސިމެންތި ފިނިޝިންއެއްގައި މަތިވެސް އަރިމަތިވެސް ހުރިހައި ތަނެއްވެސް ހަމަ ދޫކޮށްލާގޮތައް އޮތީ. އެއްވެސްކަމެއް ނެތް އެތާ ހަވާލުކޮށްފައެއް. މިކިޔާ %54 ސްކޯޕްގެ ތެރޭގައި ނުވެސް ހިމެނޭ އެކަންތައްތައް. ނިމިފައި އޮތް %54 ސްކޯޕަށް ބަލާއިރު އޭގެތެރޭގައިވެސް ނުހިމެނޭ ކަމެކޭ މިކަމަކީވެސް. އެވެސް އަޅުގަނޑުމެން މި ހަވާލުކުރީ ބަޔަކާ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާ ޓާމިނަލަކީ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ތަނެއް ކަމަށާއި ޓާމިނަލާއެކު އިގްތިސާދީ ކުރިއެރުން ވަރަށބޮޑަށް މަތިވެގެންދާނެ ކަމަށެވެ. އަދި އެއާޕޯޓަށް އަންނަ ކޮންމެ ކުރިއެރުމަކީ ހުރިހައި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
