
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު އިވޭން ފެށި އަޑަކީ އެއާޕޯޓު ރެޕުންނަށް އެއްވެސް ގޮތެއް ނެތް ވާހަކައެވެ. އެއާޕޯޓު ރެޕުން ވަގުމަތިވީ ވާހަކައެކެވެ. ނަމަވެސް މި ވާހަކަތަކުގައި އެކުލެވެނީ ކިހާ މިންވަރެއްގެ ހަގީގަތެއްތޯ ބަލާލުމަކީ ނެތްކަމެއް ނޫނެވެ. ބައިނަލްއަޤުވާމީ އާ ޓާމިނަލެއް ހުޅުވިގެންދާއިރު މިއީ އެއާޕޯޓު ހިންގާ ކޮންމެ ފަރާތަކުންވެސް ސަމާލުކަން ދޭނެ ކަންކަމުގެ ތެރެއިން މުހިންމު ބައެވެ. ސްޓޭކްހޯލްޑަރުންގެ ޝަކުވާތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދައިނުމަކީ އެއާޕޯޓު އޮޕަރޭޓު ކުރާފަރާތްތަކުން އަބަދުވެސް ސަމާލުކަންދޭ ކަންކަމެކެވެ. އެއާޕޯޓު ރެޕުންގެ ޝަކުވާތައް އިވުމުން، އާ ޓާމިނަލާއެކު އެއާޕޯޓު ރެޕުންނަށް އޮތީ ކޮންކަމެއްތޯ ދިރާސާ ކޮށްލީމެވެ. އެއާޕޯޓު ރެޕުން ބާކީވާނެ އެއްވެސް ގޮތެއްނެތެވެ. ހައްތާވެސް ހުރީ މިހާރު އެއާޕޯޓު ރެޕުންނަށް ލިބެމުންދާ ޚިދުމަތްތައް “އަޕްގްރޭޑް” ވެގެންދާނެ ކަންކަމެވެ. އެމީހުންގެ ދަތިތަކަށް، ހައްލުލިބިގެންދާނެ ކަންކަމެވެ. ކުރުކޮށް ބުނާނަމަ އެއާޕޯޓު ރެޕުންނަށް އާ ޓާމިނަލާއެކު “ޢީދެއް” އަންނާނެއެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމުގައި މުޅި ދުނިޔެއަށްވެސް ނަމޫނާއެކެވެ. އެމީހުން ރައްޖޭގައި ފައި ބީއްސާލާ ހިސާބުން ފެށިގެން، ދަތުރު ނިންމާ އެނބުރި ޤައުމަށް ދިއުމާ ހަމައަށްވެސް ދިވެހިން އެމީހުންނަށް ދެނީ ނަމޫނާ ޚިދުމަތެކެވެ. މި މުހިންމު މެހެމާންދާރީގެ ފެށުމަކީ އެއާޕޯޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެތަނުން ފަތުރުވެރިން ނިކުމެގެން އަންނައިރު ކުލަކުލައި ޔުނީފޯމުތަކާއި ނަންބޯޑުތައް ހިފައިގެން އެމީހުންނަށް މަރްހަބާ ކިޔަނީ ރިޒޯޓްތަކާއި ގެސްޓްހައުސްތަކުން އަންނަ އެއާޕޯޓު ރެޕުންނެވެ. މިކަންވަނީ ދިވެހިންދޭ މެހެންމާނުދާރީގެ މޫނު މައްޗަށެވެ. މިއީ ފަތުރުވެރިންވެސް ވަރަށް ގަޔާވާ ކަމެކެވެ. ނަމަވެސް މިކަމުގެ ނުފެންނަ ފަރާތުގެ ބައެއް ވާހަކަތައް ހިއްސާކޮށްލާނަމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ފެށުނީއްސުރެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ތަނެކެވެ. މިއީ ކޮންމެ ދިވެއްސަކާއި ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ކޮންމެ މީހަކުވެސް ތަޖުރިބާކުރާ ދަތުކަމެކެވެ. ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަލަށްވެސް އެންމެ ފުރަތަމަ ތަޖުރިބާކުރަން ޖެހެނީ އެރައިވަލް ގޭޓުން ނިކުންނައިރު ފެންނަ ނުތަނަވަސް މަންޒަރަށެވެ. އެއާޕޯޓުން ނިކުންނަން އޮންނަ މައި ވޯކްވޭ ފުރިބާރުވެފައި އޮންނަ މަންޒަރެވެ. ރެޕުންތައް އައިސް ސަރަހައްދު ފުރާލާފައި އޮންނަ މަންޒަރެވެ. ހޫނު ގަދަ ދުވަހެއްގައި އެންމެ ފުރަތަމަ ތަޖުރިބާ ކުރަންޖެހެނީ އެ ކުޑަ ތަންކޮޅުގައި ފުރިބާރުވެގެން އުޅޭ ގޮތެވެ. ގިނަ ފަހަރު ފައި ޖައްސާލާނެ ތަންކޮޅެއްވެސް ނޯވެއެވެ. އިންޓަނޭޝަނަލް ޓާމިނަލުން ނިކުމެގެން ޑޮމެސްޓިކް ޓާމިނަލަށް އަންނަންޖެހެނީ ގިނަފަހަރު “ހަނިއަރި”އަށް ހުރެގެންނެވެ. އެހާވެސް ޖާގައިގެ ދަތިކަން ބޮޑެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ހިތާމަވެރި ކަންކަމާވެސް ކުރިމަތިލާންޖެހެއެވެ.
ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލް ހުޅުވިގެންދާއިރު މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދެވިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެރައިވަލް ޓާމިނަލްގައި އެއާޕޯޓު ރެޕުންނަށް ޚާއްސަ ސަރަހައްދެއް، އެއާޕޯޓުގެ އެންމެ ޕްރިމިއަމް ހިސާބުގައި ޤާއިމްކުރެވިފައި ހުންނާނެއެވެ. މި ޓާމިނަލާއެކު އެއާޕޯޓު ރެޕުން “އަވަން”އެއްގެ ތެރޭގައި މަސައްކަތްކުރުން ނިމުމަކަށް އައީއެވެ. އެމީހުން ފަތުރުވެރިންނަށް މަރްހަބާ ކިޔާނީ ފިނީގައި ތިބެގެންނެވެ. ޚާއްސަ ޕްރިމިއަމް ސަރަހައްދެއްގައެވެ. އެމީހުން ތިބޭނީ ޓާމިނަލްގެ “އެތެރޭގައި”އެވެ. އެހެންކަމަށް ވާނަމަ މިއީ އެއާޕޯޓު ރެޕުންނަށް ލިބޭ ވަރަށް ބޮޑު “އަޕްގްރޭޑް”އެކެވެ.
ދެން އޮތީ ފުރަން އަންނަ މީހުންގެ ވާހަކައެވެ. ވެލާނާ އިންޓަނޭޝަނަލް ޓާމިނަލުން މިހާރު ފުރަން އަންނަ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ދާންޖެހޭނީ ސެކިއުރޮޓީ ސްކްރީނިންގ އެކެވެ. އޭގެ ފަހުން ޗެކިން ކައުންޓަރަށް ދަނީއެވެ. ނަމަވެސް އާ ޓާމިނަލާއެކު ފުރަން އަންނަ މީހާ އެންމެ ފުރަތަމަވެސް ދާނީ ޗެކިން ކައުންޓަރަށެވެ. އެއާޕޯޓު ޓާމިނަލްގެ ދޮރުން ވަނުމާއެކު، އެމީހަކަށް ޚިދުމަތް ދިނުމަށް އެއާޕޯޓުގެ މުއައްޒަފުން ތިބޭނެއެވެ. މިއީ މުޅި ދުނިޔޭގައިވެސް ޢަމަލުކުރަމުން އަންނަ “އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް”އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިކަން އޮންނަނީ މިހެންނެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ އެއާޕޯޓުތަކުގައިވެސް ޢަމަލުކުރަމުން އަންނަނީ މި އުސޫލުގެ މަތިންނެވެ. ސިންގަޕޫރާއި ދުބާއީގައި ދުރާލާ ހުއްދަ ހޯދައިފިނަމަ ޚާއްސަ ހާލަތްތަކުގައި އެއާޕޯޓު ރެޕުންނަށް ޗެކިން ކައުންޓަރާއި ހިސާބަށް ދިއުމުގެ ފުރުސަތުލިބެއެވެ. ޖަރުމަނުވިލާތް ފަދަ ވިލާތު އިއްތިހާދުގެ ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަނީ މި އުސޫލުގެ މަތިންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވިގެންދާއިރު އެއާޕޯޓު ރެޕުންނަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އެމް.އޭ.ސީ.އެލް އިން ޔަގީންކޮށްދެއެވެ. ޔަގީން ކުރެވުނީ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުން ގެންދަނީ ހަގީގަތާޚިލާފު ވާހަކަތެއް ކަމެވެ. އެއާޕޯޓު ރެޕުންގެ އެސޯސިއޭޝަނުން މިކަމާއި ގުޅިގެން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ އެސޯސިއޭޝަންގެ އޮފިޝަލަކު ނުރަސްމީ ގޮތެއްގައި ވިދާޅުވީ އާ ޓާމިނަލް ހުޅުވިގެންދާއިރު، އެއާޕޯޓު ރެޕުންނަށް ހުރީ ވަރަށްވެސް “ޕޮޒިޓިވް” ކަންކަމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
