
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެކްސިޑެންޓްތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ މައްސަލައިގައި ޖަވާބުދާރީކުރުވުމަށް، ޕްރޮސެކިއުޓާ ޖެނެރަލް އާއި، ފުލުހުންގެ ހިދުމަތުގެ އިސްވެރިން އަދި މާލެ ސިޓީ ކައުންސިލްގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ. މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވަނީ މި މައްސަލައިގައި އިދާރާތަކާ ސުވާލުކުރުމަށް ހުށަހަޅާފައިވަނިކޮށެވެ. އިދާރާތަކާ ސުވާލުކުރުމަށް އެދި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހީމް، މަޖިލީހުގެ އިދާރާއަށް ސިޓީ ފޮނުއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މަޖިލީހަށް އޭނާ ހުށަހެޅުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ ފާއިތުވި ހަ މަސް ދުވަހު އެކަނިވެސް މާލެ ސަރަހައްދުގައި އެއް ހާހަށްވުރެ އެކްސިޑެންޓްވެގެން ރިޕޯޓް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް، މި އެކްސިޑެންޓްތަކުގައި އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅެއް ނޭޅޭކަމުގައެވެ. ހަމައެހެންމެ، އެކްސިޑެންޓްތަކުގައި ދުނިޔެ ދޫކުރާ ފަރާތްތަކާއި ނުކުޅެދުންތެރި ހާލަތަށް ދާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ. މިކަމާ ގުޅިގެން މެންބަރުގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ މި އެކްސިޑެންޓްތަކުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮތް ގޮންޖެހުންތަަކަކީ ކޮބައިކަން، ފުލުހުންގެ ހިދުމަތާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސާފުކުރަން ބޭނުންވާކަމުގައެވެ.
އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ އިތުރުން، ރޭ ހަލި މަގުގައިވެސް އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
