
(ފޮޓޯ ކްރެޑިޓްސް: ރައްުޔިތުންގެ މަޖިލިސް)
އެމްޑީީޕީއަކީ އަބަދުވެސް ވައްްކަން ކުރަން މޮޅު ބައެއް ކަމަށާއި، އެ ޕާޓީން ކޮށްފައި ހުރި ވައްްކަން ހޯދަން ފަސޭހަ ނުވިޔަސް ހޯދޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ޓްރޭޑް މާކް ބިލަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، ސަރުކާރުން ކުރައްވަނީ ވަަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި މިއަދު މި އޮތް އިގްތިސާދީ ހާލަތު މިހިސާބަށް ގެނެސްދިންކަމަށްޓަކައި މިއަދުގެ ސަރުކާރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަށްފަށުން ޝުކުރުން އަދާ ކުރަން ޖެހޭނެ ކަމަށެވެ.
އަދި ރައީސް ޑރ. މުއިއްޒު ދައުލަތާއި ހަވާލުވިއިރުގައި، މި ދައުލަތް އޮތް ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު އެމްޑީޕީއަށް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ. “އެބޭފުޅުން ކޮށްފައި ދިޔައީ ކޮން ކަންތައްތަކެއްތޯ، އެ ވަގުތު މި ދައުލަތް އެ ބޭފުޅުންގެ ސަރުކާރުގެ އޮތީ ކޮން ހާަލަތެއްގައިތޯ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް، ޑޮލަރު ރޭޓްވެސް ހުރިއިރު އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް، ޑޮލަރު ރޭޓަށް މިއަދު އައިސް މި އޮތް ބަދަލު އެނގިވަޑައިގަންނަވާނީ ހަމަ އެ ބޭފުޅުންނަށް،”.
ފަލާހް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ކުރި ވައްކަން ތަކާއި، ފައިސާ ހުރިތަންވެސް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަަަމަށެވެ. އަދި ބައެއް ތަންތަނުން ގެއްލުނު ތިޖޫރިތަކާއި، ތިޖޫރިތައް ލިތަންތަންވެސް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމަށްވެސް ފަލާހް ވިދާޅުވެފައި ވެއެވެ.
“ބައެއް ފަހަރު މި ވިދާޅުވަނީ، މައްސަލަ ހުރިރިއްޔާ ކީއްވެހެއްޔޭ މައްސަލަތައް މި ނުބަލަނީ، މިފަދަ ކުޑަކުޑަ ގައުމެއްގައި ގާނޫނުތައް ހުރީ އެހާ ފުރިހަމަައަކަށް ނޫން، އަބަދުވެސް އެމްޑީީޕީއަކީ ވައްްކަން ކުރަން މޮޅު ބައެއް، އެމްޑީޕީން ކޮށްފައި ހުރި ވައްްކަމެއް ފަސޭހައެއް ނުވާނެ ހޯދާކަށެއް. އެވަރަށް ރައްކަތާތެރިކަމާއި އެއްކޮށް ފުރަތަމަ ގާނޫނަށް ބަދަލު ގެނެސްގެން ވައްކަން ކުރެވޭނެ ނިޒަމް ބައްޓަންކޮށްގެން އެމްޑީޕީން ވެރިކަމަށް އައިސް ވައްކަން ކުރަނީ، އުނދަގޫ ކަމެއް އެއީ، އެކަމަކު އެކަން ހޯދޭނެ،”. ފަލާހް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
