
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަޖިލީހަށް މިހާރު ހުށައަޅާފައިވާ ގެދޮރުވެރިކަމުގެ ޤާނޫނާއެކު، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އޮޅުވާލައިގެން މަޢުލޫމާތު ހުށައަޅާ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. އެންމެ ފަހުން ކުރިއަށްގެންދިޔަ 4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގައިވެސް އޮޅުވާލައިގެން ގިނަ ބަޔަކު މަޢުލޫމާތު ހުށައަޅާފަވާކަން އޭސީސީން އަދި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ރިވިއުތަކުންވެސް އެނގިފައިވެއެވެ. “އަހާ” ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ހައުސިންގ މަޝްރޫޢުތަކަށް މަޢުލޫމާތު ހުށައެޅުމުގައި، ގިނަ ޕޮއިންޓް ހޯދުމުގެ ނިޔަތުގައި އޮޅުވާލައިގެން ވަރަށް ގިނަ ފަރާތްތަކުން މަޢުލޫމާތު ހުށައަޅާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އެންމެ ފަހުން ދޫކުރު 4000 ހައުސިން ޔުނިޓަށް މަޢުލޫމާތު ހުށައެޅުމުގައި، ދިރިއުޅޭ ގެދޮރުގެ ޙާލަތު ލިޔެފަވާއިރު ހާލަތާ ނުބައްދަލު މަޢުލޫމާތު ޕޯޓަލްއަށް އަޅާފަވާކަމަށް އިނގޭކަމަށެވެ.
ވަޒީރު ވިދާޅުވީ މީގެ ސަބަބުން، ސައްޙަ މަޢުލޫމާތު ހިމަނާ އަދި ގެދޮރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ފުރުޞަތު ގެއްލޭކަމަށެވެ. މިއީ ވަރަށް ދެރަ މަސައްލައެއްކަމަށާ، މިހާރު ސަރުކާރުން މަޖިލީހަށް ހުށައަޅާފަވާ ގެދޮރުވެރިކަމުގެ ޤާނޫނުގެ ދަށުން މިކަމަށް ޙައްލު ހޯދުމަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. “ފޯމުގައި މާކްސް ގިނައިން ލިބޭނީ ކިހިނެތް ލިޔުނީމަކަން އިނގޭ މީހާ، އެމީހުން މިހުންނަނީ ގިނަ މާސްކް ލިބޭގޮތަށް އޮޅުވާލައިގެން މަޢުލޫމާތު ހިމަނާފަ. އެކަން ފެންނަން އެބަހުރި. މިއީ ޤާނޫނެއްގެ ތެރެއިން ޙައްލުކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރާތީ ގެދޮރުވެރިކަމުގެ ބިލު ހުށައެޅީ. އޭރުން ގެދޮރު ދިނުމަށް ޕޮއިންޓްދިނުމުގެ ރަނގަޅު ނިޒާމެއް ޤައުމުކުރެވޭނެ.” ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ދިރިއުޅުމާއި އެމީހާގެ މާލީ ހާލަތަށް ބަލާ، ގެދޮރު ދޭންވާނީ ވަށާޖެހޭ އުސޫލަކަށްކަމަށެވެ. މި ފޯރަމްގައި އާއްމު ފަރާތަކުންވަނީ، ދަރިން ނުތިބޭ މީހުންނަށް މާކްސް މަދުވާގޮތަށް އޮންނަ އުސޫލާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ރައީސްގެ ވަޢުދާ އެއްގޮތަށް، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ޕޮއިންދޭ އުސޫލަށް އިސްލާހީ ބަދަލުތައް ގެންނައުމަށް މަސައްކަތް ކުރަމުންދާއިރު، ދަރިން ނުލިބޭ މީހުންގެ ޙާލަތަށް ރިއާޔަތްކުރަން މިހާރުވެސް ނިންމާފަވާކަމަށެވެ. ދަރިން ނުލިބޭ މީހުންނަށް މާކްސް ދިނުމުގެ ޚާއްސަ ކްރައިޓީރިއާއެއް ކަނޑައަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“ކައިވެނިކޮށްގެން އުޅެ، ދަރިން ނުލިބި ވަކި މުއްދަތެއްވެ، އެކަމުގައި ޑޮކްޓަރެއްގެ ލިޔުން އޮތްނަމަ ޕޮއިންޓް ލިބޭނެ އުސޫލެއް ހަދާނަން. އެމީހުންގެ އިޙުމާލެއް ނެތި ދިމާވާ ޙާލަތެއް މިއީ. މިއީ ބޯހިޔާވަހިކަން ނުލިބެންވީ ސަބަބަކަށް ވެގެން ނުވާނެ.” ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ. ގެދޮރުވެރިކަމާ ބެހޭ ޤާނޫނުގެ ބިލު މިވަގުތު އޮތީ މަޖިލީހުގައެވެ. މި ޤާނޫނު ފާސްވެގެންދާއިރު، ސަރުކާރުގެ މަޝްރޫޢުތަކުން ގެދޮރު ދޫކުރުމުގައި ހުރި ބޮޑެތި ގިނަ މައްސަލަތަކަކަށް ޙައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
