
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހުޅުމާލޭގައި 4 ސްކްރީނުގެ ބޮޑު ސިނަމާއެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މި ސިނަމާ ތަރައްޤީކުރުމަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. ރާއްޖޭގެ ރަނގަޅު ފެންވަރެއްގައި ސިނަމާއެއް ތަރައްޤީކުރުމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާ ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިހާރު ރާއްޖޭގައި ރަނގަޅު ސިނަމާއެއް ނެތްކަން ފާހަގަކުރައްވާ މިއީ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހުރި އޮލިމްޕަހަކީ ތީއޭޓަރއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ވެފައި، އެތަނުގައި ފިލްމްތައް އެޅުވުމަށް މިހާރުވެސް ދަތިތަކެއް ހުރިކަމަށް ވަޒީރު އިބްރާހިމް ވިދާޅުވިއެވެ.
މިކަމަށް ހާއްލު ހޯދުމަށް، އޮލިމްޕަސް ހުއްޓުމަކަށް ގެނެސް އައު ތަނެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް ހަދާއިރު ގިނަ ޚިދުމަތްތަކެއް ހުންނަންޖެހޭ ކަން ފާހަގަކުރައްވާފައެވެ. “ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހި ފިލުވާތަނެއް. އެތަނުން އެކި ފިލްމްތައް ބަލަން ވަދެވޭނެ. 4 ވަރަކަށް 6 ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ. މިއީ ތަޞައްވުރަކަށް ވާންޖެހޭނީ. އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް” ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަންނުވެރިކަމާއި ބެހޭ ވަޒީރު ވަނީ މިމައްސަލައަށް ހައްލު ހޯދުމަށް، ބޭރުގެ އިންވެސްޓަރުންނާއި ވާހަކަ ދެއްކިފައިވާ ކަމަށެވެ. އަދި މިކަމަށް އިންވެސްޓް ކުރާނެ ރަނގަޅު ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި އެ ސިނަމާ އަޅާނީ ހުޅުމާލޭގައި ކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ. ވަޒީރު ވަނީ ހުޅުމާލޭގައި ސިނަމާ އެޅުމަށް އެޗްޑީސީއާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަޒީރު ވަނީ އަލަށް ގެނެވޭ ސިނަމާއާއިއެކު ރާއްޖޭގައި ތިބި ޕްރޮޑިއުސަރުން ފިލްމް ނޭޅުވިގެން އުޅޭ އުޅުމަށް، ހައްލެއް ލިބިގެންދާނެ ކަމަށެވެ. “ސްކްރީން ނެތިގެން ފިލްމް ނޭޅުވިގެން އުޅޭ އުޅުމަށް ހައްލު ގެންނާނަން. އެންމެ މަދުވެގެން 4 ސްކްރީނުގެ ސިނަމާއެއް އަޅުގަނޑުމެން ޤާއިމް ކުރާނަން. ހުޅުމާލޭގައި. އޭރުން އެއް ރޭ 4 ފިލްމް އަޅުވައިގެން ބެލޭނެ. ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ކަންބޮޑުވުމެއްކަން އަޅުގަނޑަށް އެނގޭ. ފިލްމް ބަލަން ދާ މީހުންވެސް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ. އޮލިމްޕަހަކަށް ނޫން ހައްލު ހޯދަން ޖެހެނީ. އެހެން ވިސްނުމެއްގައި ހައްލު ހޯދަން ޖެހޭނީ.” ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރު ސިނަމާއެއް ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާއިރު، މިހާރު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ. ކޯވިޑަށް ބަންދުކުރުމަށް ފަހު، މިތަނަށް ޒަމާނީ ބަދަލުތަކެއް ގެނެވި 2023 ވަނަ އަހަރު އަލުން ހުޅުވިއެވެ. އޮލިމްޕަހަކީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަސް ތަރައްޤީކޮށް އެތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އަދި ފިލްމް އަޅުވަން ފެށީ 1957 އިން ފަށައިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
