
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިދިޔަ ޖޫންމަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 25 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް، ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން މި ޚަރަދުކޮށްފައިވަނީ އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށްށެވެ. އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބިތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖޫންމަހު ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖޭން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާއިން ވަނީ ޖޫން މަހު ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސައިދެވުނު ގޮތުގެ ތަފްސީލްވެސް ހިއްސާކޮށްފައެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން މަހު 22 ބާވަތެއްގެ ބައްޔެއްގައި ޖުމްލަ 1،173 ކޭސްއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިދިޔަ ޖޫން މަހު އެންސްޕާއިން އެހީގެގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށެވެ. އެގޮތުން، ނޭވާލާ ނިޒާމުގެ ބަލިތަކުގެ 112 ކޭސް، ނާރުގެ ބަލިތަކުގެ 111 ކޭސްއަށް އެހީ ފޯރުކޮށްދީފައެވެ. ކަށީގެ ބަލިތަކުގެ ފަރުވާއަށް 104 ކޭސްއަކަށް އެހީ ފޯރުކޮށްދިން ކަމަށް އެންސްޕާގެ ރިޕޯޓުން އެނގެއެވެ.
އެންސްޕާއިން ޖޫން މަހު އެހީ ފޯރުކޮށްދީފައިވާ އެހެން ކޭސްތަކުގެ އަދަދުތައް:
• ވިހެއުމާގުޅޭ ބަލިތައް: 99 ކޭސް
• ކެންސަރު ބަލިތައް: 99 ކޭސް
• ކުޑަކުދިންގެ ބަލިތައް: 78 ކޭސް
• ކަރުންމަތީގެ ބަލިތައް: 72 ކޭސް
• ލޮލުގެ ބަލިތައް: 72 ކޭސް
• ގޭސްޓްރޯއިންޓެސްޓިނަލް ބަލިތައް: 66 ކޭސް
• ކިޑްނީ ބަލިތަކާ ގުޅޭ ބަލިތައް: 63 ކޭސް
• ކާޑިއޯވެސްކިއުލާ ބަލިތައް: 45 ކޭސް
• އެންޑޯކްރައިން، އަންހެނުންގެ ބަލިތަކާއި ނަފްސާނީ ބަލިތައް: ކޮންމެ ވައްތަރަކުން 38 ކޭސް
• ހެމަޓޮލޮޖިކަލް ބަލިތައް: 26 ކޭސް
• ތެލަސީމިއާ ބަލި: 10 ކޭސް
• ހަމުގެ ބަލިތައް: 24 ކޭސް
• އޮޓޯއިމިއުން ބަލިތަކާއި ހެޕަޓިކް ބަލިތައް: ކޮންމެ ވައްތަރަކުން 13 ކޭސް
• ކޮންޖެނިޓަލް ޑިސްއޯޑާސް، ދަތުގެ ފަރުވާ: ކޮންމެ ވައްތަރަކުން 11 ކޭސް
• އެހެނިހެން ބަލިތައް: 30 ކޭސް
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް އެންސްޕާއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޖުމްލަ 468 ކޭސްއަށް 6.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި އޭޑީކޭއިން 187 ކޭސް އަށް 3.2 މިލިޔަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލް އިން 281 ކޭސްއަށް 3.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ހޯދުމަށް ޖުމްލަ 2.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޖޫންމަހު ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ފޯރުކޮށްދެވުނު އަދަދު:
• 29 ބައިޕެޕް މެޝިން އަދި މާސްކް
• 24 ހޮސްޕިޓަލް ބެޑް އަދި އެއަރ މެޓްރެސް
• 17 ހިއަރިންގ އެއިޑް
• 14 ވީލްޗެއަރ
• 11 އޮކްސިޖަން ކޮންސެންޓްރޭޓަރ
• 9 ސީޕެޕް މެޝިން
• 3 އިލެކްޓްރިކް ވީލްޗެއަރ
• 2 ވޯކަރ
• 17 އެހެނިހެން އާލާތް
އެންސްޕާއިން އަންނަނީ ތަފާތު އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތުއެކި ޕްރޮގްރާމްތައް ހިނގަމުންނެއެވެ. އެގޮތުން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ އިތުރުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
