
(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް)
ކަސްޓަމްސްގެ ގަވާއިދާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަޤްޞަދުގައި ކަސްޓަމްސްއިން ތަޢާރަފްކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭ.އީ.އޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ޙާސިލްކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ހޮވިއްޖެއެވެ. މި ކުންފުންޏަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒެވެ. އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެވަޑައިގަތީ އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރ ހުސެއިން ހަމީދުއެވެ.
މި ހަފްލާގައި ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް ދެއްކެވި ވާހަކަފުޅުގައި އޮތޯރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމްގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމަކީ، ޓްރޭޑް ފެސިލިޓޭޝަންގެ ދާއިރާއިން ޙާޞިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކަސްޓަމްސްއިން އަބަދުވެސް މުޙިއްމު މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ ދުނިޔޭގެ 89 ޤައުމެއްގައި މިހާރު ތަންފީޒްކުރަމުންދާ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވަނީ މި ޕްރޮގްރާމުގެ ތެރެއިން ކުންފުނިތައް 3 ގިންތިއަކަށް ބެހިގެންދާއިރު، އެކުންފުނިތަކުން ޤަވާއިދުތައް ތަންފީޒު ކުރާ މިންވަރަށާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތައް ބަލައި، އިތުރު ފަސޭހަތައް ލިބިދޭ ގިންތިއަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް)
މި ޕްރޮގްރާމުގައި ސެޓްފިކެޓް ހާސިލްކުރި އިންނަހުރާ މޯލްޑިވްއިސް ވަނީ ފުރަތަމަ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރގެ ސެޓްފިކެޓް ޚާސިލްވުމަކީ ބޮޑު ޒިންމާއެއްކަން ފާހަގަކޮށްފައެވެ. އެކުންފުނިން ބުނީ މިކަމުގެ ސަބަބުން ގިނަ ލުއިފަސޭހަތަކެއް ލިބޭއިރު އެކުންފުނިން މި ސެޓްފިކޭޝަން ހާސިލްވުމުގެ ކުރިންވެސް ވަރަށް ބޮޑަށް، ޤަވާއިދުތައް ތަންފީޒުކުރުމަށް އިސްކަން ދިން ކަމަށެވެ. އެކުންފުނީގެ ދަށުން ހިންގާ އެހެން ރިސޯޓުތަކަށް މި ޕްރޮގްރާމުގެ ބައިވެރިކުރުމަށް މަސައްކަތް ކުރާނެ އިންނަހުރާ ރިސޯޓު ހިންގާ ކުންފުނިން ވިދާޅުވިއެވެ. އިންނަހުރާ މޯލްޑިވްސް ރިސޯޓަށް ލިބޭ ޚާއްސަ ލުއިތަކުގެ ތެރޭގައި އެފަރާތުން ހުށަހަޅާ ޑިކްލަރޭޝަން ފޯމްތައް އޮޓޯ އެސެސްވުމާއި، މުދާ ބަލައިފާސްކޮށް ދޫކުރުމުގައި އަވަސް އިންތިޒާމްތަކެއް ހަމަޖެހުމާއި، މުދަލުގެ އޮރިޖިންއާއި އެޑްވާންސް ރޫލިންގ ފަދަ ލިޔުންތައް ފޯރުކޮށްދިނުމުގައި ޚާއްސަ އިންތިޒާމްތައް ހަމަޖެހޭނެއެވެ.
އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ، ބައިނަލްއަޤުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓްމްސްގެ ޤާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ޚާއްޞަ ފައިދާތަކާއި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައިފައިވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ. ރާއްޖޭގެ މި ޕްރޮގްރާމުގެ ނަމަކީ ”ދިވެހިރާއްޖޭގެ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ” ޕްރޮގްރާމްއެވެ.

(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް)
ކަސްޓަމްސްއިން ފަށާފައިވާ ޕްރޮގްރާމުގައި ކުންފުނިތައް 3 ޓިއަރއަކަށް ނުވަތަ ގިންތިއަކަށް ބަހާފައެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ޕްލެޓިނަމް ޓިއަރ އެވެ. މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤްޞަދަކީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރުމުގައި އަދި ކަސްޓަމްސްގެ އެހެނިހެން ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް، ވިޔަފާރިވެރިންނަށް ހިތްވަރުދީ، އެފަދަ ފަރާތްތައް އިތުރުކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާފައިވާ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ.
މެދުކެނޑުމެއް ނެތި މަދުވެގެން 5 އަހަރުދުވަހު މުދާ އިމްޕޯޓް ކޮށްފައިވާނަމަ ނުވަތަ އެކްސްޕޯޓް ކޮށްފައިވާނަމަ، އެފަރާތަކީ ކުދި އަދި މެދުފަންތީގެ ކުންފުންޏެއް ކަމުގައިވީނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
