
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ސޫރިޔާގެ އައްސުވައިދާގައި ދިރިއުޅޭ މީސްމަދު ދުރޫޒީންނާއި ސުންނީ ބަދަވީންނާ ދެމެދު ހިނގަމުންދާ ލޭއޮހޮރުވުތުންކަުގައި 30 މީހުން މަރުވެ 100 މީހުންނަށް ޒަޚަމްވެއްޖެއެވެ. ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ޖުލައި މަހުގެ 11ވަނަ ދުވަހު، ސޫރިޔާގެ ވެރިރަށް ދިމިޝްޤާއި އައްސުވައިދާއާ ދެމެދު އޮންނަ ހައިވޭއެއްގެ މަތިން ދުރޫޒީންގެ ބަޔަކު ވަގަށް ނެގުމުންނެވެ. ދުރޫޒީންގެ ވިޔަފާރިވެރިއަކު ވެސް މި ގޮތަށް ވަގަށް ނަގާފައިވެއެވެ. މިއީ އައްސުވައިދާގައި މި ފަދަ ލޭއޮހޮރުވުންތަކެއް ހިނގާފައިވާ ފުރަތަމަ ފަހަރެވެ. އައްސުވައިދާގައި ދުރޫޒީންގެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. މި ލޭއޮހޮރުވުންތައް ހިނގަމުން ދަނީ އެ ސިޓީގެ މަޤްވަސް އަވަށުގައެވެ. އެއީ ސުންނީ ބަދަވީންގެ ވަންހަތައް ދިރިއުޅޭ އަވަށެކެވެ. ހަތިޔާރު އެޅި ދުރޫޒީން ވަނީ އެ އަވަށް ވަށާލައި އެ ސަރަޙައްދު އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވެސް ދުރޫޒީންނާއި ބަދަވީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އެ ފަހަރު ކުރިމަތިލުންތައް ހިނގާފައި ވަނީ ސުންނީ ހަނގުރާމަވެެރިންނާއި ދިމިޝްޤުގެ ދެކުނު އިރުމަތީގައި އޮންނަ ޖަރަމަނާގެ ހަތިޔާރުއެޅި ދުރޫޒީންނާ ދެމެދެވެ. އެ ހަމަނުޖެހުން ފަހުން ވަނީ އެހެން ސަރަޙައްދަކަށް ވެސް ފުޅާވެފައެވެ. އައްސުވައިދާގައި ދިރިއުޅޭ ދުރޫޒީ ދިރާސާވެރިއެއް ކަމަށްވާ ރަޔާން މަޢުރޫފު ބުނީ ސޫރިޔާގެ އެކި ވަންހަތަކުގެ މެދުގައި ބަދަލުކުރާ ހަމަލާތައް އާދަޔާޚިލާފަށް އިތުރުވެފައިވާ ކަމަށެވެ. އެ ކަން ނިމުމަކަށް ނުގެނެވިއްޖެ ނަމަ ބޮޑެތި ލޭއޮހޮރުވުންތައް ހިނގާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
ސޫރިޔާގެ ދާޚިލީ ވުޒާރާއިން ބުނީ ސަރުކާރުގެ ފައުޖުން އައްސުވައިދާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ. އައްސުވައިދާގެ އިސްވެރިން އަސްކަރީ ފައުޖަށް އެއްބާރުލުން ދިނުމަށް އެ ވުޒާރާއިން ވަނީ ގޮވާލައިފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު ސޫރިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާ ގުޅިގެން، އެ ޤައުމުގެ ހަތިޔާރުއެޅި ހަނގުރާމަވެެރިންގެ ޖަމާޢަތަކުން ވަނީ ޤައުމުގެ ހިންގުމާ ޙަވާލުވެފައެވެ. އެއާއެކު މީސްމަދު ވަންހަތަކުގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ސަރުކާރުގެ ހަނގުރާމަވެެރިން ކުރީގެ ރައީސް އަލްއަސަދު ނިޞްބަތްވެވަޑައިގަންނަވާ އަލަވީންގެ އެތައް ބަޔަކު މަރައިލުމާ ގުޅިގެން އެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެ ލޭއޮހޮރުވުމަކީ ފާއިތުވި އަހަރުތަކުގައި ސޫރިޔާގެ ވަންހަތަކުގެ މެދުގައި ހިނގާފައިވާ އެންމެ ބޮޑު ލޭއޮހޮރުވުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
