
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ހުރިހާ ރައްޔިތުން، އެ ސަހަރުގެ ދެކުނުގައި އޮންނަ ރަފަޙްއަށް ޖަމާކުރުމުގެ ރޭވުމުގެ ދަށުން، ރަފަޙްގައި ހުރި އިމާރާތްތައް ތަޅައި، ބިމާހަމަކުރަން ޔަހޫދީން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާކަމަށް އަލް ޖަޒީރާ ނޫހުން ބުނެފިއެވެ. ޔަހޫދީންގެ ހީލަތްތެރި ވިސްނުމަކީ ރަފަޙަށް ފުރަތަމަ ގާތްގަނޑަކަށް 600،000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން ޖަމާކުރުމެވެ. އޭގަފަހުގައި ޣައްޒާގައި ދިރިއުޅޭ 2.1 މިލިއަންގެ ފަލަސްޠީނުގެ މުޅި އާބާދީ އެ ސަރަޙައްދަށް ބަދަލުކުރުމުގެ ވިސްނުން ޔަހޫދީން ވަނީ ހާމަކޮށްފައެވެ. އަލް ޖަޒީރާ ނޫހުގެ ތަހުޤީޤީ ނޫސްވެރިކަމަށް ޚާއްސަ ޔުނިޓުން، އދ. ގެ ސެޓެލައިޓް ފޮޓޯތަކާ ޙަވާލާދީ ބުނި ގޮތުގައި، ރަފަޙްގައި ތަޅާލާފައިވާ އިމާރާތްތަކުގެ އަދަދު ޖުލައި 4 ވަނަ ދުވަހުގެ ނިޔަލަށް 28،600 އަށް އަރާ ކަމަށެވެ. މިއީ، މިދިޔަ އޭޕްރީލް 4 ވަނަ ދުވަހާ ހަމައަށް ހުރި އަދަދަށް ވުރެ 12،800 އެއްހާ އިތުރު އަދަދެއް ކަމަށް އެ ނޫހުން ބުންޏެވެ.
ޔަހޫދިންގެ ދިފާއީ ވަޒީރު އިސްރާއިލް ކަޓްޒް މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި، ރަފަޙަށް ޖަމާކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ގޮތަކަށް ނުނުކުމެވޭނެ ކަމަށާއި، ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު 60 ދުވަހަށް ޙަމަލާތައް މެދުކަނޑައިލުމަށް ކުރެވެމުންދާ މަޝްވަރާތަކަށްވާ ގޮތަކުން، ޙަމަލާތައް މެދުކަނޑާލެވޭ މުއްދަތުގައި، ރަފަޙަށް ޖަމާކުރާ ރައްޔިތުންނަށް ބޭނުންވާ ގެދޮރު އިމާރާތް ކުރަން ފެށޭނެއެވެ. މި ޕްލޭނު ތަންފީޒުކުރާނީ ޔަހޫދީންގެ ސިފައިން ނޫން ކަމަށާއި އެކަން ކުރާނީ ބައިނަލްއަޤުވާމީ ޖަމިއްޔާތައް މެދުވެރިކޮށް ކަމަށް އޭނާ ބުނެފައިވީނަމަވެސް، އެއީ ކޮން ޖަމިއްޔާތަކެއް ކަމެއް ނުބުނެއެވެ. ގަދަބާރުން ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދަކަށް ޖަމާކުރުމަކީ، ފަލަސްޠީނުގެ ރައްޔިތުން ނަޞްލު ހޭދަކުރުމުގެ ޢަމަލެއް ކަމަށް، އދ.އިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ޔަހޫދީން ސުލްޙައިގެ އެއްބަސްވުން މުގުރާލައި، ޣައްޒާއަށް އަލުން ޙަމަލާތައް ދޭން ފެށިފަހުން، އަސާސީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް އަމާޒުކޮށް ވަނީ ޙަމަލާދީ އެ ތަންތަން ސުންނާފަތިކޮށްލައިފައެވެ. ނަމަވެސް، ރަފަޙްގައި ހުރި ގިނަ އަދަދެއްގެ ސްކޫލްތަކާއި ޔުނިވަރސިޓީ އަދި ސިއްޙީ ފަރުވާދޭ މަރުކަޒުތައް ސަލާމަތުން ބަހައްޓާފައިހުރި ކަމަށާއި، މިއީ އިއްތިފާޤަކަށް ވުރެ ބޮޑަށް، އެތަނަށް ޣައްޒާގެ ރައްޔިތުން ޖަމާކުރުމުގެ ރޭވުމުގެ ދަށުން ޔަހޫދީން ކޮށްފައިވާކަމެއް ކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރަން، އޭރު އެމެރިކާއަށް ގޮސްހުރި، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މުޅި ޣައްޒާ އެމެރިކާއިން އަތްދަށުކޮށް، ޣައްޒާގެ ރައްޔިތުން ބާލަން ޓްރަމްޕް މީގެކުރިން ހުށަހަޅުއްވާފައިވާ ޕްލޭނަށް އަނެއްކާވެސް ތަޢުރީފްކޮށްފައެވެ.
ނަތަންޔާހޫ އެހެން ބުނިއިރު، ޣައްޒާގައި ޙަމަލާތައް މެދުކަނޑައިލަން ޙަމާސް އާއި ޔަހޫދީންނާ ދެމެދު ދިޔައީ ޤަތަރުގައި މަޝްވަރާތައް ކުރެވެމުންނެވެ. ނަމަވެސް، އެ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި މަޑުޖެހިފައި ވަނީ، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ބޭލުމަށް އިންކާރު ކުރަމުންދާތީއެވެ. ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލަމުންދާ ގޮވައިލުމަށް ބީރު ކަންފަތެއް ދިނުމަށް ފަހު ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށްވުރެ އިތުރުވާނެ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި މައުސޫމު ކުޑަކުދިންނެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
