
ރެއާލް މެޑްރިޑުގެ ވާތު ބެކުގެ ޕޮޒިޝަނަށް ބެންފީކާއަށް ކުޅެމުން އަންނަ ސްޕެއިންގެ އަލްވާރޯ ކަރެރާސް ގަނެފި އެވެ. މިދިޔަ ސީޒަނާއި ކުލަބު ވޯލްޑް ކަޕުގެ ނަތީޖާ ގޯސްވެފައިވާ ރެއާލް މެޑްރިޑުގެ ފަހަތުން އެންމެ ބޮޑަށް ހާ އަޅާ ތަނަނީ ވާތު ބެކްގެ ޕޮޒިޝަނެވެ. އެކުލަބުން ކަރެރާސް ގަތީ ބަޔާން މިއުނިކްގެ އަލްފަންސޯ ޑޭވީސް ނުލިބޭނެކަން ޔަގީންވުމުންނެވެ. ބެންފީކާއިން އޭނާ ރެއާލް މެޑްރިޑަށް ވިއްކާލީ 60 މިލިއަން ޔޫރޯ އަށެވެ. ރެއާލް ކުރިން ވިސްނައިގެން ތިބީ 40 މިލިއަން ޔޫރޯ އަށް ކަރެރާސް ގަތުމަށެވެ. ނަމަވެސް ރެއާލްއިން ބޮޑު ހޭދައެއް ކުރަން ޖެހުނީ ބެންފީކާއިން ގޮތް ދޫނުކުރުމުންނެވެ.
ކަރެރާސް ރެއާލް އަށް ސޮއި ކުރީ ހަ އަހަރު ދުވަހަށެވެ. މިހެންވެ 2031 ވަނަ އަހަރާ ހަމައަށް އޭނާ ހުންނާނީ ރެއާލްގަ އެވެ. އޭނާގެ ކުޅުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ލޮލުގައި އަޅައިގަތީ މިދިޔަ ސީޒަނުގަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ މޮޅަށް ކުޅުމުންނެވެ. މި ސީޒަނުގައި އޭނާ ވަނީ ބެންފީކާ އަށް 47 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އޭނާގެ އެންމެ ހާއްސަ އެއް ކަމަކީ ފަހަތަށް ކުޅެމުން އެޓޭކްގައި ބައިވެރިވުމާއި ބަރާބަރު ހުރަސްތައް ނަގައިދިނުމެވެ.
ކަރެރާސް ވަނީ ބެންފީކާ އަށް 52 މެޗު ކުޅެދީފަ އެވެ. އަދި ހަތަރު ގޯލު ޖަހައިދީ ފަސް ގޯލެއް ޖަހަން މަގު ފަހިކޮސްދިނެވެ. ޖުމުލަ 4520 މިނިޓް އޭނާ ކުޅުނެވެ. މި ހުރިހާ ވަގުތެއްގައި 20 ރީނދޫ ކާޑު ވެސް ހޯދި އެވެ. ރެއާލްއިން މިހާރު ވިސްނަމުންދަނީ ކަރެރާސް ލިބުމާއެކީ ފެރަން ގާސިއާ އާއި ފާލަންޑް މެންދީ ކުރެ ކޮންމެވެސް އެއް ކުޅުންތެރިއަކު ވިއްކާލުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
