
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާބެހޭ ވުޒާރާ)
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ވޮލީ މުބާރާތުގެ ތަށި ސިފައިންގެ ކުލަބުން ފުރަތަމަ ފަހަރަށް މިލުކުކޮއްފިއެވެ. މިމުބާރާތުގެ ފައިނަލުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ކުލަބް އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށް ސިފައިން ތަށި ހޯދިއިރު މި ސީޒަންގައި ކުޅުނު ތިން މުބާރާތްވެސް ސިފައިންގެ ޓީމުން ވަނީ ކާމިޔާބުކޮއްފައެވެ. މި ރިކޯޑު އެޓީމުން ފުރަތަމަ ގާއިމު ކުރީ 2010 ވަނަ އަހަރުއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗު ފަށައިގެންވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ.
ސިފައިންގެ ޓީމުން ބްލޮކުގައި ހޯދި ގިނަ ޕޮއިންޓުތަކާއެކު ފުރަތަމަ ސެޓުގެ ފަހު ބައިގަ ލީޑު ނަގާ ސެޓު ގެންދިޔައީ 25-21 އިންނެވެ. މި މެޗުގެ ތަފާތަކަށް ވެގެންދިޔައީ ސިފައިންގެ ޓީމުގެ އިންޑިޔާ ކުޅުންތެރިޔާ ޗިރާގެވެ. އޭނާ ސިފައިންގެ ޓީމާ ގުޅުނީ މި ސީޒަންގެ ފުރަތަމަ ދެ މުބާރާތުގައި ސިފައިންގެ ޓީމަށް ކުޅުނު ޕާކިސްތާންގެ ހަމަދަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ގައުމީ މުބާރާތަށެވެ. ޗިރާގުގެ މޮޅުކުޅުމާ އެކު ސިފައިންގެ ޓީމު ތަފާތުދައްކާ ދެވަނަ ސެޓުގެންދިޔައީ ފަސޭހަކަމާއެކު 25-14 އިންނެވެ. މި ސެޓުގައި އެޗްޑީސީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު އެޓީމުގެ ޑިފެންސުންވެސް ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ.
މެޗުގެ ފުރަތަމަ ސެޓު ގެއްލުމާއެކު އެޗްޑީސީއަށް ތިންވަނަ ސެޓުގައި އިތުބާރު ހޯދަން ކުރަންޖެހުނު މަސައްކަތް ވެގެންދިޔައީ ބޮޑު ޗެލެންޖަކަށެވެ. އެހެންނަމެވެސް މެޗުގެ ތިން ވަނަ ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށްނެވެ. އެހެންނަމަވެސް މުޅި ސެޓުގައިވެސް ލީޑުގައި ކުޅެމުންދިޔައީ ސިފައިންނެވެ. އަދި މެޗުގެ އެންމެ ފަހުކޮޅު އެޗްޑީސީއިން ނަތީޖާ ހަމަ ހަމަކުރިނަމަވެސް ސިފައިން ސެޓު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 26-24 އިންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ޗިރާގެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މީގެ އިތުރުން ދެން ހިމެނުނީ ސިފައިގެން ޓީމުގެ ލުއިޒް އާއި އެޗްޑީސީގެ ޖިރާލްޑޯއެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ދިވެހި ކުޅުންތެރިންނަކީ ސިފައިންގެ ޓީމުގެ ކެޕްޓަން ހުސެން ޝާހިދު، އެޓީމުގެ ހުސެން ރަޒާން، އެޗްޑީސީގެ އިސްމާއިލް ސާޖިދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސިފައިންގެ ޓީމު ޖުނައިދު އަބްދުﷲ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
