
(ފޮޓޯ ކްރެޑިޓްސް: ސިޓީތަކާބެހޭ ވުޒާރާ)
މާލެ ސިޓީގެ އައު މަސް މާރުކޭޓާ ލޯކަލް މާރުކޭޓު ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާ ސަބަބު ދެނެގަނެ، އެކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ސިޓީތަކާ އިދާރި ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާއި މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އަދި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްއާއި ވުޒާރާއާއި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްޤީކުރުމާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު އެއް އިމާރާތެއްގައި ހިންގާގޮތަށް ބަދަލުގެނައުމަށް ދަނީ ޕްލޭންކުރަމުންނެވެ. މި މަޝްރޫޢުގައި މަސް މާރުކޭޓު އެޅުމަށް ނިންމާފަވަނީ މިހާރުގެ ވަޅޯމަސް މާރުކޭޓު ހުރި ބިމުގައެވެ. އެކަން ކުރުމަށް އެ ބިން ކޮންޓްރެކްޓަރަކާވެސް ހަވާލުކޮށްފައިވެއެވެ. އަދި ލޯކަލް މާރުކޭޓާ ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު ވަގުތީގޮތުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް، އެކަމަށް ވަގުތީ ބިންތަކެއްވެސް ހަމަޖައްސާފައިވެއެވެ. ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ އެއްވެސް ޢަމަލީ މަސައްކަތެއް ފަށާފައެއް ނުވެއެވެ.

ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ޙިއްސާކުރެއްވި މަޢުލޫމާތުގައި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފަވަނީ މާރުކޭޓުގެ މަސައްކަތް ލަސްވަމުންދާތީ އެކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުންކަމަށެވެ. އެގޮތުން އެކަމުގެ ލިޔެކިޔުންތަކާ އަދި މިހާތަނަށް ހަދާފަވާ އެގްރިމަންޓްތަކުގައި ހުރި ކަންކަން ބަލާފަވާކަމަށެވެ. އަދި މަސައްކަތް ލަސްވަމުންދާ ސަބަބުތަކަކީ ކޮބާތޯ ބަލާ، މަސައްކަތް އަވަސްކުރުމުގައި ކުރެވެންހުރި ކަންކަން ދެނެގަތުމުގެ މަސައްކަތް ފަށާފަވާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މާލޭ މަސްމާރުކޭޓު ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ 7 ފަންގިފިލާއަށެވެ. ވަގުތީ މާރުކޭޓުތަކުގެ މަސައްކަތް ނިމުމާއެކު ދާއިމީ މާރުކޭޓު ތަރައްޤީކުރުމުގެ މަސއްކަތް ފެށޭނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި އައު މަސްމާރުކޭޓާއެކު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ޕާކިންގއަށް ޚާއްސަ ޖާގައާއެކު ކަމަށްވުމުން، މާލެ މާރުކޭޓު ސަރަޙައްދުގެ ޓްރެފިކަށްވެސް ބޮޑު ފަސޭހައެއްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލޭގެ މާރުކޭޓު ޚިދުމަތް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރެކެވެ. އެކަން ކުރުމަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރައްވާފަވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
