
(ފޮޓޯ ކްރެޑިޓްސް: އިދާރީ ދާއިރާތައް ހިންގުމާއިބެހޭ ވުޒާރާ)
އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކޮށްފައި ނެތް އަތޮޅުތަކުގައި އެ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އާންމު ޚިދުމަތުގެ ޔުނިޓުތައް ނުވަތަ ޕަބްލިކް ވަރކްސް ޔުނިޓުތަކަކީ އިމާރާތްކުރުމާއި މަރާމާތުކުރުންފަދަ އާންމު އެކިއެކި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ ބައެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢާންމު ޚިދުމަތްދޭނެ ޔުނިޓުތައް ޤާއިމުކުރުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތަައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މިހާރު އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކޮށްފައި ނުވާ އަތޮޅުތަކުގައި ޔުނިޓު ޤާއިމުކުރާނެ ރަށްރަށް ކަނޑައަޅާފައިވާ ކަމަށެވެ.
އާންމު ޚިދުމަތުގެ ޔުނިޓުތައް ޤާއިމުކުރާ ރަށްރަށް:
* ހއ. ދިއްދޫ
* ށ. ފުނަދޫ
* ނ. މަނަދޫ
* ރ. މާކުރަތު
* ބ. އޭދަފުށި
* ޅ. ނައިފަރު
* ކ. ތުލުސްދޫ
* އއ. ރަސްދޫ
* އދ މަހިބަދޫ
* ވ. ފެލިދޫ
* މ. މުލި
* ފ. ނިލަންދޫ
* ދ. ކުޑަހުވަދޫ
* ތ. ވޭމަންޑޫ
* ގއ. ވިލިނގިލި
ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރޖ. ޑރ މުޙައްމަދު މުޢިއްޒު @MMuizzu ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ތިރީގައި މިވަނީއެވެ.
ހއ.…— Adam Shareef Umar (@Adamshareefz) July 14, 2025
ވަޒީރު ވިދާޅުވީ ރަަށްރަށް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށްރަށަށް ކަމަށެވެ. އަދި މި ޔުނިޓުތައް ޤާއިމުކުރުމަށް އިދާރީގޮތުން ނިންމަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ޕަބްލިކް ވަރކްސް ޔުނިޓުތައް 9 ރަށެއްގައި މިހާރުވަނީ ޤާއިމުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
