
(ފޮޓޯ ކްރެޑިޓްސް: ޔައުސަން/ފޭސްބުކް)
ފ.މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ފަޔަރ އިމާރާތަށް ބަޔަކު ގެއްލުންދީ، އެތަނުގައި އަލިފާން ރޯކޮށްލަން މަސައްކަތްކޮށްފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެއަރޕޯޓްގެ ފަޔަރ ބިލްޑިންގގެ ވަށައިގެންވާ ބީއްލޫރިތައް ތަޅާލާފަވާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން، އަލިފާން ރޯކޮށްލުމަށްވެސް މަސައްކަތްކޮށްފަވާކަން ފާހަގަކުރެވިފަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފަވަނީ މިއަދު ހެނދުނު 07:47ގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހުށަހެޅީ މަގޫދޫ ސައިޓްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުންނެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޔައުސަން/ފޭސްބުކް)
މަގޫދޫ އެއަރޕޯޓްގެ މަސައްކަތްކަކީ 2022ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ. މަޝްރޫޢުއަކީ %50 މަސައްކަތް މުޅިން ނިމިފައިވާއިރު، އެއަރޕޯޓްގެ ފަޔަރ ބިލްޑިންގް، ރަންވޭ އަދި ޓަރމިނަލްގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިންމާފައެވެ. އެއަރޕޯޓްގެ މަސައްކަތްތައް މިވަގުތުވެސް ސައިޓްގައި ކުރިއަށްދަކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި މިވަގުތުވެސް ސައިޓްގައި އެމްޓީސީސީގެ ވަސީލަތްތަކާ މެޝީނަރީ ގިނައަދަދަކަށް ހުރިކަމަށް އެ ކުންފުނިން ވިދާޅުވެފައެވެ. އެއަޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް މިވަގުތުވެސް ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މަގޫދޫ އެއރަޕޯޓްގެ މަސައްކަތްތައް މިވަގުތަށް މަޑުވެޖިފަވީނަމަވެސް، އެ މަސައްކަތް ހުއްޓާނުލާކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޔަގީންކަން ދެއްވާފަވެއެވެ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް 30 ހެކްޓަރުގެ ބިން އެރަށުން ހިއްކާފަވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
