
އެހެން މަސައްކަތެއް ކުރަން ޖެހިވަޑައިގަތުމުން މިއަދު ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވުމަށް އުޒުރުވެރިވެވަޑައިގެންފިއެވެ. މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ވަޒީރު ހަލީލް ހާޒިރުވެވަޑައިގަތުމަށް ތާވަލްކޮށްފައި އޮތެވެ. ހަލީލަށް ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރެއްވުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އެއީ ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ދާދި ފަހުން ރާއްޖޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރި، ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ މައްސަލައިގައި ހަލީލާ ސުވާލު ކުރެއްވުމަށެވެ.
މި މައްސަލައިގައި ވަޒީރަށް ތިން ސުވާލެއް މީކާއީލް ވަނީ ކުރައްވާފައެވެ. އެއީ ފަހުދަކީ ޝާހީ އާއިލާގެ ބޭފުޅެއްތޯ؟ އާއި އެ ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިވެފައި ނުވަނީ ކީއްވެތޯ؟ އާއި ފަހުދަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟ އެވެ. މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަޒީރު ހަލީލް ކޮންމެހެންވެސް ހާޒިރުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ރަސްމީ އެހެން މަސައްކަތެއް ކުރައްވާން ޖެހިވަޑައިގަންނަވާ ވަގުތާއި މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ގަޑި ދިމާވާތީ، މަޖިލީހަށް ހާޒިރުވެވަޑައިގަނެވެން ނެތްކަން އަންގަވައިފައިވާ ކަމަށެވެ.
ވަޒީރު މަޖިލީހަށް ހާޒިރު ކުރުމުގެ ކަންކަން ވީ އެންމެ އަވަސް ޖަލްސާއަކަށް ތާވަލުކުރައްވާން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
