
(ފޮޓޯ ކްރެޑިޓްސް: މިޑިލް އީސްޓް އައި)
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި ގަތުލުއާންމު ހުއްޓުވުމަށް، އެ ގައުމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމަށް 20 އަށް ވުރެ ގިނަ ގައުމުން ކޮލަމްބިއާގެ ބޮގޯޓާގައި މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ޖުލައި 15 އިން 16 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މި ކުއްލި ބައްދަލުވުމަކީ ’ދަ ހޭގު ގުރޫޕް‘ ގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސްޕޭނާއި އަޔާލޭންޑުން ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ތުރުކީއާއި، ޕޯޗުގަލްއާއި، ޗައިނާއާއި، ގަތަރު ހިމެނޭ ގޮތަށް އިތުރު 20 ގައުމަކުން ބައިވެރިވާނެކަން ވަނީ ކަށަވަރުވެފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ކޮލަމްބިއާ އިން ބަލަހައްޓަމުންދާއިރު، ކޯ-ޗެއާ ކުރާނީ ދެކުނު އެފްރިކާއެވެ.
މި ބައްދަލުވުމުގައި އދ. ގެ ފަރާތުން އިންސާނީ ހައްގުތަކާބެހޭ ހާއްސަ ރެޕޯޓަރުން ކަމުގައިވާ ފްރާންސިސްކާ އަލްބާނީސް އާއި ފިލިޕް ލަޒަރްނީގެ އިތުރުން ސިއްހަތާބެހޭ ހާއްސަ ރެޕޯޓަރު ލާލެންގް ނޮފޯކެންގް، އަދި އދ.ގެ ޖިންސީ ތަފާތުކުރުންތަކާބެހޭ ޑިޕާޓްމެންޓުގެ އިސް ވެރިޔާ ލައުރާ ނައިރިންކިންޑީ އެންޑްރިސް މަޝިއަސް ތޮލޯސާވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ދަ ހޭގު ގުރޫޕުގައި މިހާރު ހިމެނޭ ގައުމުތަކަކީ ބްރެޒިލް، ބޮލީވިއާ، މެލޭޝިޔާ، ދެކުނު އެފްރިކާ، ކޮލަމްބިއާ، ކިއުބާ، ހޮންޑިއުރަސް، ނެމީބިއާ އަދި ސެނެގޯލްއެވެ. މި ގުރޫޕް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ، ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯނުލަނބާ ގައުމުތައް ގިނަވެ، އަދި ބައެއް ގައުމުތަކުން އެ ގާނޫނުތަކަށް ވުރެން މަތީގައި ތިބޭ ކަމަށް ދެކޭ ދެކެވުންތައް އިތުރުވަމުން ދިއުން ހުއްޓުވުމެވެ.
ހާއްސަކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ވަކާލާތު ކުރުމާއި، ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އަރާގަނެގެން ތިބެ ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ޖަރީމާތަކާއި ގަތުލުއާންމުގެ އަމަލުތަކުގައި އިސްރާއީލު ކުށްވެރިކުރުމާއި ބަދަލުދިނުން މަޖުބޫރުކުރުވަން ބާރުއެޅުން މި ގުރޫޕުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މިޑްލް އީސްޓް އައި އަށް ދެއްވި ބަސްދީގަތުމެއްގައި ދެކުނު އެފްރިކާގެ ބައިނަލްއަގްވާމީ ގުޅުންތަކާބެހޭ ވަޒީރު ވިދާޅުވީ، ކުރާނީ ހަމައެކަނި މަޝްވަރާއެއް ނޫން ކަމަށެވެ. ބައިވެރިވާ ގައުމުތަކަށް އެއްބަސްވެވޭ ކަންތައްތައް ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް ގެނެސް އެކަންތައް ތަންފީޒުކުރެވެންދެން ހުއްޓާނުލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދެކުނު އެފްރިކާއަކީ މިޒަމާނުގައި އަޅުވެތިކަމުގެ ހިތިރަހަ އެންމެ ބޮޑަށް ތަޖްރިބާކޮށްފައިވާ ގައުމެކެވެ. އެ ތަޖުރިބާގެ އަލީގައި އެހެން ގައުމެއް އަޅުވެތިވެގެންދާތަން ދެކެން އެ ގައުމުން މަޑުން ނޯންނާނެކަމަށް ބައިނަލްއަގްވާމީ ފޯރަމްތަކުގައި އެ ގައުމުން ދަނީ ތަކުރާރުކުރަމުންނެވެ. އޭގެ އެންމެ ފަހުގެ ހެއްކަކީ ޣައްޒާގައި އިސްރާއީލުން ގެންދަނީ ގަތުލުއާންމެއް ކަމަށް ކަނޑައަޅައިދިނުމަށް ބައިނަލްއަގްވާމީ އަދުލު އިންސާފުގެ ކޯޓަށް އެ ގައުމުން ހުށަހެޅި މައްސަލައެވެ. އޭގެފަހުން އިސްރާއީލަށް ހަތިޔާރު އުފުލާދޭ އުޅަނދުފަހަރު ބައެއް އެހެން ގައުމުތަކުގެ ބަނދަރަށް ވަނުން މަނާކުރުންވެސް ފާހަގަކުރެވެއެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި ގަތުލުއާންމަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ކޮލަމްބިއާއިން ވަނީ އިސްރާއީލާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައެވެ.
ދަ ހޭގު ގުރޫޕްގެ ކޯޑިނޭޓާ ވަރްޝާ ގާންދިކޮޓާ ނެލުޓްލާ ވިދާޅުވީ މި ފަހަރުގެ ބައްދަލުކުރުމުގައި ހުޅަނގުގެ ގައުމުތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަތުރުކުރުމުން ބައިނަލްއަގްވާމީ ޖިނާއީ އަދުލު އިންސާފުގެ ކޯޓުގެ އަމުރު ތަންފީޒުނުކޮށް ނަތަންޔާހޫއަށް މިނިވަންކަމާއެކު ދަތުރުކޮށް އުޅުމުގެ މިނިވަންކަން ލިބި ދެމުންގެންދާ މައްސަލައަށް ހާއްސަގޮތެއްގައި ބަލާނެ ކަމަށެވެ. މިދިޔަ ވިއްސަކަށް މަސްދުވަހުގެ ތެރޭގައިވެސް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުވުމާ ބެހޭގޮތުން ދަ ހޭގު ގުރޫޕުން ފާހަގަކުރެވޭ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
