
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އަދި ޒަމާންވީ ޓްރެވަލް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ ވޮންޑަރލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި 2 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ. ވޮންޑާލަސްޓް ރީޑަރ ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑެކެވެ. އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ އާންމުންގެ ވޯޓުންނެވެ.
ރާއްޖެއިން ނޮމިނޭޓްވެފައިވަނީ:
* މޯސްޓް ޑިޒައިރަބަލް ކަންޓްރީ – ވޯލްޑްވައިޑް
* މޯސްޓް ޑިޒައިރަބަލް އައިލެންޑް – ވޯލްޑްވައިޑް
މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު 17 އޮކްޓޯބަރުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި 2 ކެޓަގަރީން ވެސް ރާއްޖެއަށް އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. 1993 ވަނަ އަހަރު އުފެދުނު ވޮންޑާލަސްޓް އަކީ މާނަހުރި، ޒިންމާދާރު އަދި ހިތްވަރު ލިބޭ ދަތުރުފަތުރުގެ އެންމެ އިސް އޮތޯރިޓީގެ ގޮތުގައި އިނގިރޭސިވިލާތުގައި އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އެވޯޑުން ރަމްޒުކޮށްދެނީ ތަޖުރިބާކާރު ދަތުރުވެރިން ހިތްވަރު ދިން ތަންތަނަށް ވޯޓުދޭ ހަގީގީ ވިސްނުމާއި ތަޖުރިބާތަކެވެ.
އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 114000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
