
ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރަން ކުޅުނީ ކިރިޔާ ފުރުސަތެއް ދީފި ނަމަވެސް އެ ޓީމުން ޗެލްސީ މަރާލާނެކަން އެނގިތިބެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފ އެވެ. ފުރަތަމަ ހާފުގެ ތިން ގޯލުން ޗެލްސީ ބަލިކޮށް ތަށި ހޯދި މެޗަށް ފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ބުނީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ޕީއެސްޖީ އަކީ ޗެލްސީ އަށް ވުރެ މޮޅު ޓީމެއް ކަމަށެވެ. “އެ މީހުން އަހަރުމެން މަރާލާނެ ކިރިޔާ ފުރުސަތެއް ދީފި ނަމަވެސް. ހުސް ޖާގައެއް އެ މީހުންނަށް ނުދީ ވާނެ ހުރިހާ ގޮތެއް އަހަރުމެން ހޯދަން ޖެހުނު. މި ގޮތުން އަހަރުމެން ކުޅުނީ މީހަކަށް މީހަކު ނަގައިގެން. މެޗަށް ތައްޔާރުވިއިރު ޕްލޭނުގައި އޮތީ މުޅިން ވެސް އެ ގޮތަށް. އެއީ އެ މީހުންގެ ފެންވަރަށް ބަލާއިރު އަހަރުމެންނަށް އެ ނޫން ގޮތެއް ނެތުމުން،” ކޯޗު ބުންޏެވެ.
ޗެލްސީއާ ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ޓީމަށް ޔޫއޭފާ ކޮންފަރެންސް ލީގު ވެސް ކާމިޔާބުކޮށްދިން ކޯޗު ބުނީ މި ގޮތަށް ކުޅުމުން ޕީއެސްޖީގެ ވާތް ފަރާތު ފަހަތުން ޗެލްސީގެ ފޯވަޑް ކޯލް ޕަލްމާ އަށް ޖާގަ ލިބެމުންދިޔަ ކަމަށެވެ. “އޭނާ އަށް ވަރަށް ރަނގަޅަށް އަހަރުމެންނަށް ޖާގަ ހޯދައިދެވުނު އެ ފަރާތުން. އޭނާ އެ ހާ އަވަހަށް ދެ ގޯލު ޖެހީ އެ ހިސާބުން ހުސްވި ޖާގަ ތަކުން. ދެން އޭނާ އެކަންޏެއް ނޫން. މުޅި ޓީމު ގުޅިގެން ކުރި މަސައްކަތުން މި ތަށި މި ލިބުނީ. މިއީ ވަރަށް ބޮޑު އުފަލެއް،” ކޯޗު ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ސީޒަނުގައި ދެ ތަށި ލިބުމަކި ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި ނަމަވެސް ޗެލްސީ އަކީ ބިނާކުރަމުންދާ ޓީމަކަށް ވުމުން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރަން އަދިވެސް ވަގުތު ނަގާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
