
ރޭ ނިމިގެންދިޔަ ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އިންގްލަންޑުގެ ޗެލްސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 115 މިލިޔަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޖުމްލަ އަގަކީ 1 ބިލިއަން އެމެރިކާ ޑޮލަރެވެ. މި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 475 މިލިއަން އެމެރިކާ ޑޮލަރު ބަހާނީ މުބާރާތުގައި ކްލަބްތައް ހޯދާ ނަތީޖާތަކުގެ މައްޗަށެވެ. އަދި އަނެއް 525 މިލިއަން ޑޮލަރަކީ މުބާރާތުގައި ވާދަކުރި ޓީމުތަކަށް ދޭން ނިންމާފައިވާ އަދަދެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މޮޅުވާ ކޮންމެ މެޗަކަށް 2 މިލިއަން އެމެރިކާ ޑޮލަރު ދޭން ފީފާ އިން ނިންމާފައިވާއިރު ދެވަނަ ބުރަށް ދަތުރު ކޮށްފިނަމަ އިތުރު 7.5 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެ އެވެ. އަދި ކުއާޓަރ ފައިނަލަށް 13.125 މިލިއަން ޑޮލަރު ލިބިގެންދާއިރު ސެމީ ފައިނަލަށް ދަތުރު ކުރާ ޓީމުތަކަށް 21 މިލިއަން އެމެރިކާ ޑޮލަރު އަދި ފައިނަލުގެ ޖާގައެއް ހޯދާ ޓީމަކަށް އިތުރު 30 މިލިއަން ޑޮލަރު ލިބިގެންދާނެ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 40 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާއިރު ޕީއެސްޖީ 3-0 ގެ ނަތީޖާއަކުން ބަލިކޮށް ޗެލްސީ އިން މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 115 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެ އެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ފްރާންސްގެ ޕީއެސްޖީ އަށް ލިބިގެންދާއިރު މި މުބާރާތުގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި އަދަދަކަށް ފައިސާ ލިބިފައިވަނީ އޯކްލޭންޑް ސިޓީ އަށެވެ. އީކްލޭންޑް ސިޓީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 657 ހާސް އެމެރިކާ ޑޮލަރު ލިބިފައިވާއިރު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ތިން މެޗުން އޯކްލޭންޑް ސިޓީ އަށް ވަނީ ޖުމްލަ 4.4 މިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ. މިއީ މިދިޔަ އަހަރު އެ ޓީމަށް ލިބުނު ޖުމްލަ އާމްދަނީއަށްވުރެ ހަތް ގުނަ އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
