
ފީފާ ކުލަބު ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޗެލްސީގެ އެޓޭކިން މިޑްފީލްޑަރު ކޯލް ޕާމާ ހޮވައިފި އެވެ. އަދި މުބާރާތުގެ މޮޅު ކީޕަރަކަށް ހޮވާފައިވަނީ އެ ޓީމުގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ރެއާލް މެޑްރިޑުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ އެވެ. އޭނާ ވަނީ މުބާރާތުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަނުން ކޮޅަށް ފުރަތަމަ ހާފުގައި ޖެހި ތިން ގޯލާއެކު 3-0އިން ޗެލްސީ މޮޅުވިއިރު މެޗުގެ ފުރަތަމަ ތިން ގޯލު ޖަހައިދިނީ އިނގިރޭސިވިލާތުގެ 23 އަހަރުގެ ކުޅުންތެރިޔާ އެވެ. ޕާމާ ފުރަތަމަ ގޯލު ޖެހީ 22 ވަނަ މިނިޓްގަ އެވެ. ޕީއެސްޖީ ޕްރެޝަރަށް ވައްޓާލީ އޭނާ އޭގެ އަށް މިނިޓް ފަހުން ޖެހި ގޯލުންނެވެ.
ރޭގެ މެޗުގެ ތަރިއަކަށް އޭނާވިއިރު ހުސްވި ސީޒަނުގެ ޔޫއޭފާ ކޮންފަރެންސް ލީގު ޗެލްސީ ކާމިޔާބު ކުރިއިރު ފައިނަލް މެޗުގައި ރެއާލް ބެޓިސް އަތުން 4-1އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ރޭގެ މެޗަށް ފަހު ޕާމާ ބުނީ އެންމެން ވެސް ތިބީ ޗެލްސީ އަށް ތަށި ނުލިބޭނެ ކަމަށް ނިންމައިގެން ކަމަށާއި ނަމަވެސް ފާޑުކިއުންތަކަށް މިހާރު ޖަވާބު ދެވިއްޖެ ކަމަށެވެ. “އަހަރެން ފައިނަލް މެޗުތަކުގައި ކުޅެން ވަރަށް ގަޔާވޭ. އަނެއްކާ ވެސް މި އޮތީ އެކަންތައް ކުރެވިފައި. މިވަގުތު ކުރެވެނީ އުފާވެރި އިހުސާސްތަކެއް. ވަރަށް ހާއްސަ އުފަލެއް. ސަބަބަކީ އެންމެން ވެސް ނިންމައިގެން ތިބީ އަހަރުމެންނަށް މި މެޗުން މޮޅު ނުވެވޭނެ ކަމަށް. އެކަމަކު އަހަރެން ވަރަށް ގަޔާވޭ މި ފަދަ މެޗުތަކުގައި އަހަރުމެން މިކޮށްލި ވާދައޭ މެދު. މިއޮތީ ފާޑުކިއުންތަކަށް ޖަވާބު ދެވިފައި،” ޕާމާ ބުންޏެވެ.
ކުލަބު ވޯލްޑް ކަޕް ޗެލްސީ ކާމިޔާބު ކުރުމާއެކު އަންނަ ސީޒަނުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ގިނަބަޔަކު ވަނީ ދެކެން ފަށައިފަ އެވެ. ކޯޗު އެންޒޯ މަރެސްކާ ވަނީ މެޗަށް ފަހު ޕާމާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
