
ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގައި ރޭ ޗެލްސީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޗެލްސީގެ ޖޮއާއޯ ޕެޑްރޯގެ މޫނުމަތީގައި ނުޖަހާ ކަމަށާއި، އުޅުނީ ކުޅުންތެރިން ދުރުކުރަން ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ. އޭނާ މިހެން ބުނީ ގިނަ ބަޔަކު މޮޅުވާނެ ކަމަށް ބަލައިގެން ތިބި އޭނާގެ ޓީމު ހައިރާން ކުރުވަނިވި ގޮތަކަށް ބަލިވުމުން އުފެދުނު ހޫނު ގަނޑުގައި އެންރީކޭ، ކުޅުންތެރިޔާގެ މޫނުމަތީގައި ޖަހާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ލީކުވުމުން އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ކަމަށެވެ.
“އަހަރެންނަށް އެނގޭ ޖަޒުބާތު ކޮންޓްރޯލް ކުރަން މި ފަދަ މަތީ ފަންތީގެ މެޗުތަކަށް ފަހު. އެކަމަކު ހަގީގަތަކީ އެންމެން ވެސް ބޭނުންވަނީ މޮޅުވާން. އެހެންވީމާ އެންމެންގެ ވެސް ހުންނާނެ ޖަޒުބާތީ ވަގުތުތައް. އެކަންކަން ބަދަލެއް ނުކުރެވޭނެ. އެ މަންޒަރުތައް އެ ގޮތަށް ފެނުނު ނަމަވެސް އަހަރެން މަސައްކަތް ކުރީ ކުޅުންތެރިން ދުރުކުރަން. އޭރުން އިތުރަށް ކަންކަން ގޯސް ނުވާނެތީވެ،” އެންރީކޭ ބުންޏެވެ. އޭނާ ބުނީ މޮޅުވުމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ކުޅުންތެރިން ދަނޑަށް އަރައި އެންމެން އުފާފާޅު ކުރަން އިޝާރާތް ކުރި މަންޒަރު ފެނުނު ކަމަށާއި އެވަގުތު އެންމެން ބޮޑިވެގަތުމުން އުފެދުނު ހޫނުގަނޑު މައިތިރިކުރަން ޖެހުނު ކަމަށެވެ.
މެޗަށް ފަހު އެންރީގެ އިތުރުން ޕީއެސްޖީގެ ކީޕަރު ޖިއާންލޫކާ ޑޮނަރޫމާ އާއި އެހެން ބައެއް ކުޅުންތެރިން ވެސް ރުޅިވެރިކަމާއެކު އުޅުނުތަން ފެނިފައިވެ އެވެ. ނަމަވެސް ޔާއޯ ޕެޑްރޯ މެޗަށް ފަހު ބުނީ ދަނޑުމަތީގައި މެޗަށް ފަހު ހިނގި ހަމަނުޖެހުން ޗޭންޖިން ރޫމަށް ދިއުމުގެ ކުރިން ހަމަޔަކަށް އަޅުވަން އޭނާ ވެސް ބޭނުންވި ކަމަށެވެ. “އެ މީހުން ބަލިވީ. ކޮންމެ ބަޔަކު ވެސް ބޭނުންވާނީ މޮޅުވާނެ. ބަލިވީމާ ހުންނާނެ އުނދަގޫ ކަންކަތައްތަކެއް. އެ މީހުންނަށް ވެސް އެ ދިމާވީ އެ ފަދަ ގޮތެއް. އަހަރުމެން އެންމެން ވެސް ބެލީ އެ ހިސާބުން އެކަން ނިންމާލަން ޓަނަލް އަށް ދިއުމުގެ ކުރިން. އަހަރެން އެއިން އެއްވެސް މީހަކާ މައްސަލައެއް ނެތް،” ޕެޑްރޯ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
