
ވެރި ރަށް މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ދުވަން ނުކުމެ އުޅުނު މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެން އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ. ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީ އޮންނަ ޒިބްރާ ކްރޮސް އިން ހުރަސް ކުރަން މަސައްކަތް ކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖް، 40، އަށެވެ. އެނގިފައިވާ ގޮތުގައި ސިރާޖުގެ ބޯ ފެޅުމުގެ އިތުރުން މޫނުގެ ބައެއް ކަށިތަކާއި ބައެއް މޭކަށިތައް ވަނީ ބިނދިފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
ސިރާޖުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު، 17، ވަނީ ރޭ ނިޔާވެފަ އެވެ. އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާއަށް މިވަގުތު ފަރުވާދެނީ އައިޖީއެމްއެޗުގެ ވޯޑެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ ބާއްވައި ވަޅުލަން ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖެއް ރޭ ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ. ދުވަން ނުކުމެ އުޅުނު މީހާގެ ގައިގައި ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ސައިކަލު ޖެހުނީ ކުރިމަތިން އައި ޕިކަޕުގަ އެވެ. ޕިކަޕު މަޑުވީ ސައިކަލު ގޮސް ޕިކަޕުގައި ޖެހުނުތާ ސިކުންތުކޮޅެއް ފަހުންނެވެ. ސައިކަލު ފަހަތުގައި އިން ކުއްޖާއަށް ލިބުނު ގެއްލުމެ ތަފުސީލެއް އަދި ނުލިބެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
