
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރިއަށް އޮތް ދައުރުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަޙްމަދު ސައީދު އައްޔަންކުރައްވައިފިއެވެ. އަދި ފައިނޭންޝިއަލް ޑިރެކްޓަރގެ މަގާމަށް އިތުރު ދައުރަކަށް ވަނީ އަޙްމަދު އަޒޫރު އައްޔަންކުރައްވާފައެވެ. މި ދެބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރެއްވީ އަލަށް އިންތިޚާބުކުރި އެމްއޯސީގެ ހިންގާ ކޮމިޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައެވެ. ރޭ ބޭއްވި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް އާއި ފައިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ކުރިޔަށް އޮތް ދައުރަށް ތަމޫހު އާއި އަޒޫރު އަލުން އައްޔަންކުރުމަށް ނިންމެވީ ބޯޑުގެ އިއްތިފާގުންނެވެ.
އެދެބޭފުޅުން މި މަޤާމުތަކަށް އައްޔަންކުރެއްވީ ބޯޑުން އެ ދެބޭފުޅުންގެ ލީޑަޝިޕަށް ކުރައްވާ އިތުބާރާއި އެމްއޯސީގެ މަގުސަދުތައް ކުރިއެރުވުމަށް ފާއިތުވެދިޔަ ތަނުގައި ދެބޭފުޅުންވެސް ކުރައްވާފައި މަސައްކަތަށް ބެލުމަށްފަހުގައި ކަމަށް އެމްއޯސީން ބުނެއެވެ. އެމްއޯސީ އިން ބުނީ ކުރިޔަށް މިއޮތް ދައުރުގައިވެސް ކުޅިވަރު ކުރިއަރުވާ ރާއްޖޭގައި އޮލިމްޕިކް އަސާސްތައް ކުރިއެރުވުމުގައި ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. 02 ޖޫންގައި ބޭއްވި އެމްއޯސީގެ އިންތިހާބުގައި 2025-2029 އަށް އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިހާބުކުރި އިރު ރައީސް ކަމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބުދުއްސައްތާރު (ޗަންޕީ) އާއި ނައިބު ރައީސް ކަމަށް ޗެސް އެސޯސިއޭޝަންގެ އަހުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ އަޙްމަދު އިސްމާއިލް ވަނީ އިންތިހާބުކޮށްފައެވެ.
މި ބޭފުޅުންގެ ހިންގާ ކޮމިޓީން އަނެއްކާވެސް އެސްޖީގެ މަގާމަށް ތަމޫހު އައްޔަނުކުރެއްވިއިރު އެންމެ ފުރަތަމަ އެމްއޯސީގެ އެސްޖީގެ މަގާމަށް ތަމޫހު އައްޔަންކުރީ 12 ޖުލައި 2021 ގައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިންވެސް ތަމޫހު މަސައްކަތްކުރެއްވީ އެމްއޯސީގައެވެ. ތަމޫހު ވަނީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާ ޑެލިގޭޝަންގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.
މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކެއްޓްރީގެ މަގާމުވެސް އަދާކުރެއްވި ތަމޫހު ވަނީ ނިމިގެން ދިޔަ ދައުރުގައިވެސް އެމްއޯސީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
