
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން މުޅިން އަލަށް އިބްރާހީމް ހުޖާން ހޯދައިފިއެވެ. ގައުމީ ކެރަމް ހޯލުގައި ކުރިއަށްދިޔަ 34 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލްގައި ހުޖާން ވާދަކޮށްފައިވަނީ މިދިޔަ ތިން އަހަރުގެ ގައުމީ ޗެމްޕިއަން އިސްމާޢީލް އަޒުމީންއާއެވެ. މި މެޗު ހުޖާން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މި މެޗުގައި ހުޖާންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާ ގޭމުތައް ކާމިޔާބުކޮށްފައިވަނީ 25-10 އަދި 25-15 އިންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ހުޖާން ބުނީ މިދިޔަ އަހަރުގެ ފައިނަލުން ބަލިވުމާއެކު މި އަހަރުގެ މުބާރާތަށް ދުރާލައި ތައްޔާރުވި ކަމަށެވެ. އަދި އަޒްމީނާ ދެކޮޅަށް ކުޅެ ހޯދުނީ ފަޚުރުވެރި ކާމިޔާބެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަޒްމީން ބަލިކޮށް ހުޖާން މުޅިން އަލަށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރީ މި ދެ ކުޅުންތެރިންނެވެ. އެފަހަރު ހުޖާން ބަލިކޮށް އަޒްމީން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
