
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް އާމިނަތު ވިދާދު ހޯދައިފިއެވެ. ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ވިދާދު 34 ވަނަ ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރީ އައިޝަތު ނަހުފާއާއެވެ. ގައުމީ މުބާރާތުގެ ސިންގަލްސް ފައިނަލްގައި 9 ފަހަރު ކުޅެފައިވާ ވިދާދަކީ މިހާތަނަށް އެންމެ ގިނައިން ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަން ހޯދި ކުޅުންތެރިޔާއެވެ.
އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ވިދާދު ކާމިޔާބުކުރީ 2-1 ގޭމުންނެވެ. ފުރަތަމަ ގޭމު 24-17 އިން ނަހުފާ ކާމިޔާބުކުރި ނަމަވެސް، ވިދާދު ވަނީ ޖެހިގެން އައި ދެ ގޭމު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އެ ދެ ގޭމު ވިދާދު ގެންދިޔައީ 21-11 އަދި 25-8 އިންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުބާރާތުގެ ޗެމްޕިއަންކަަން ހޯދުމަށްފަހު ވިދާދު ބުނީ ހަތްވަނަ ފަހަރަށް ތަށި ދިފާއުކުރުމަށް މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށެވެ. އަދި ފައިނަލްގައި ވާދަކުރި އިދިކޮޅު ކުޅުންތެރިޔާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމުން ޕްރެޝަރަށް ވެއްޓުނު ވަގުތުތައް ދިޔަ ކަމަށެވެ. އަދި އެންމެ ގިނަ ފަހަރަށް ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓުން ޗެމްޕިއަންކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ވިދާދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތަޖުރިބާވެސް ބޮޑު، އިންޓަރ ސުކޫލް ލެވެލްއިން ފެށިގެން ގައުމީ މުބާރާތްތަކާ ހަމައަށް އައިސްފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
