
ފަތުރުވެރިންނަށް ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ކުންފުނިތަކުން އަހަރީ ރިޕޯޓް ހުށައެޅުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރު މުއްދަތެއް ދީފިއެވެ. “ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު”ގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ތަންތަނުން ނިމިދިޔަ އަހަރުގެ ރިޕޯޓެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށައަޅަންޖެހެއެވެ. މި މުއްދަތުގައި ހުށަހަޅުއްވާފައިނުވާނަމަ، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިޚުތިޔާރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް ލިބިގެންވާކަމަށް ޤަވާއިދުގައި ބަޔާންކުރެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ރިޕޯޓް ޖޫން 30ގެ ނިޔަލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުށައެޅުމަށް ރިޕޯޓު ހުށައެޅުމަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މުއްދަތު ހަމަވާއިރު 2024 ވަނަ އަހަރުގެ ރިޕޯޓް ފުރިހަމަގޮތުގައި ހުށައަޅުއްވާފައިނުވާ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ ފަތުރުވެރިކަމާ ގުޅުންހުރި ދަތުރު ރާވާ ހިންގުމުގެ ހުއްދަ އެތާރީޚުން ފެށިގެން ބާޠިލުވާނެ ކަމަށާއި، ދެން އެފަރާތްތަކުން ދިވެހިރާއްޖޭގައި ފަތުރުވެރިކަމާއި ގުޅުން ހުރި ދަތުރު ރާވާހިންގުމުގެ ކަންކަން ކުރެވޭނީ، އަލުން އެޕްލިކޭޝަން ހުށަހަޅުއްވާ ލައިސެންސް ލިބިގެންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
