
ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލައިފި އެވެ. ޗެލްސީ މި މެޗުގައި ޖެހި ތިން ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 22 ވަނަ މިނިޓާއި 30 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބު ކޮށްދިން ގޯލުތަކުން ލީޑު ކުރި ޗެލްސީގެ ތިންވަނަ ލަނޑު 43 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. މި ލަނޑު އެސިސްޓް ކޮށްދިނީ ޕާމާ އެވެ. ޕާމާގެ ފުރަތަމަ ލަނޑުގެ ކުރިން ވެސް އޭނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑީ ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ޑިޒިރޭ ޑޫއޭ އަދި ޖާއޯ ނެވޭސް ބޮލުން ފޮނުވާލި ހަމަލާއެއް ސަންޗޭޒް ހުއްޓުވާފައި ވާއިރު، ދެވަނަ ހާފުގައި ވަނީ ކިވިޗާ ކްވަރަޓްސްކޭލިއާ އާއި ވިޓީނިއާގެ ހަމަލާއެއް ވެސް މަތަ ކޮށްފަ އެވެ. ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ ފަހު ހާފުގައި ކުޅެން އެރި ޗެލްސީގެ ފޯވާޑް ލިއަމް ޑިލެޕްގެ ދެ ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

ޕީއެސްޖީއަށް މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ޖާއޯ ނެވޭސް، ޗެލްސީގެ މާކް ކުކުރެލާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމުން އޭނާއަށް ވަނީ ރަތް ކާޑެއް ދެއްކުމުންނެވެ.
ފައިނަލް މެޗަކީ ޕީއެސްޖީ ކޮޅަށް މުބާރާތުގައި ގޯލު ވަން ދެވަނަ މެޗެވެ. އެ ޓީމު ފައިނަލަށް އައީ ގުރޫޕް ސްޓޭޖުގައި ބޮޓަފޮގޯ އަތުން 1-0 އިން ބަލިވި މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް ކޮޅަށް ގޯލެއް ވަނަ ނުދީ މޮޅު ވެގެންނެވެ.

ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ޗެލްސީ ކޮޅަށް ތިން މެޗެއްގައި ޖުމްލަ ތިން ގޯލު ވަދެފައިވެ އެވެ. ޗެލްސީ ވެސް ވަނީ ގުރޫޕް ސްޓޭޖުގެ މެޗަކުން ބަލިވެފަ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެލްސީގެ ސަންޗޭޒް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ކޯލް ޕާމާ އެވެ. އެންމެ އުންމދީ ކުޅުންޔތެރިޔާގެ އެވޯޑް ހޯދީ ޑިޒިރޭ ޑޫއޭ އެވެ. އަދި ޓޮޕް ސްކޯރާ އަކީ ރެއާލް މެޑްރިޑްގެ ރައުލްގާސިއާ އެވެ.
ޗެލްސީ ވަނީ މީގެ ކުރިން ވެސް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ދެ ފަހަރު ފައިނަލް ކުޅެ، ތަށީ އުފުލާލީ 2021 ވަނަ އަހަރެވެ. ނަމަވެސް މިއަހަރު ފީފާ އިން މިވަނީ ފުރަތަމަ ފަހަރަށް މުޅިން އަލަށް 32 ޓީމު ހިމަނައިގެން މުބާރާތުގެ ފޯމެޓް ބަދަލު ކޮށްލައިފަ އެވެ. އަދި ދެން ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
