
(ފޮޓޯ ކްރެޑިޓްސް: އެރަބް ނިއުސް)
އަލަށް ނެރެފައިވާ ސުޕަރމޭން ފިލްމުން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ހަމަލާތައް ސިފަވާ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ބުނެފިއެވެ. ޖޭމްސް ގަން ލިޔެ، ޑައިރެކްޓުކޮށް އުފައްދާފައިވާ މި ފިލްމު އަޅުވާފައި ވަނީ ޖުލައި މަހުގެ 11ވަނަ ދުވަހުއެވެ. އެ ފިލްމުގެ މަންޒަރެއްގައިި ހަތިޔާރުއެޅި ބިޔަ ފައުޖަކުން ސަރަޙައްދީ ރޮނގެއް ހުރަސްކޮށް، ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް ޙަމަލާދޭ މަންޒަރު ދައްކުވައިދެއެވެ. އެ މަންޒަރާ، ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާ އެއްގޮތް ކަމެއް ހުރި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ގަން އަދި ސުޕަރމޭން ފިލްމުގެ ކާސްޓުން ވެސް މިހާތަނަށް ފިލްމުގެ އެ މަންޒަރުތަކާ ފަލަސްޠީނާ ގުޅުމެއްވާ ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ބެލުންތެރިން ދެކެނީ، ފިލްމުގެ އެ މަންޒަރުތަކަކީ ފިލްމުގައި ހިމަނާފައިވާ ނުސީދާ ސިޔާސީ މެސެޖެއް ކަމަށެވެ. ފިލްމުގައި ހިމަނާފައިވާ އެ މަންޒަރުތަކުގެ ސަބަބުން ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ފިލްމުގައި ވަކި ޤައުމެއްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް ގަން މީގެ ކުރިން ދިން ބަސްދީގަތުމެއްގައި ބުނީ އެ ފިލްމުގައި ސިޔާސީ އަދި ހެވާ ނުަބަޔާ ވަކިކުރުމާ ގުޅޭ އަޚުލާޤިއްޔާތާ ބެހޭ މައުޟޫތަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެ ފިލްމުގައި ސުޕަރމޭން ނުވަތަ ކްލާކް ކެންޓު ވެސް ދައްކުވައިދީފައި ވަނީ ޙިޖުރަވެރިއެއްގެ ގޮތުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
