
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔުކްރެއިން މައްސަލަ ހައްލުކުރަން ރަޝިޔާއަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އުތުރު ކޮރެއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެއްގައި ކިމް ވަނީ ރަޝިޔާއިން ޔޫކްރެއިނާ ކުރާ ހަނގުރާމައަށް އުތުރު ކޮރެޔާއިން އިތުރު ސިފައިންނާއި ހަތިޔާރު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އުތުރު ކޮރެޔާގެ ދަޢުލަތުގެ މީޑިޔާ ކޭސީއެންއޭ އިން ރިޕޯޓްކުރި ގޮތުގައި، ލަވްރޯވް އާ ބައްދަލުކުރައްވައި، ވިދާޅުވީ ދުނިޔޭގެ މަސްރަޙު އިތުރަށް ހޫނުވަމުން އަންނަ އިރު، ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.
ހޮނިހިރު ދުވަހު ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ލަވްރޯވް ވަނީ ދެ ޤައުމުގެ ގުޅުމަކީ ގުޑުވައިނުލެވޭނެ އަޚުވަންތަ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިޔާއަށް ފޮނުވާފައިވާ އުތުރު ކޮރެޔާގެ ސިފައިންނަށް ޝުކުރު އަދާކުރައްވައިފައެވެ. ޔޫކްރެއިނު ހަނގުރާމައިގައި 10،000 އެއްހާ އުތުރު ކޮރެޔާގެ ސިފައިން ބައިވެރިވަމުންދާ ކަމަށް، ޖާސޫސީ އިދާރާތަކުން ބުނެއެވެ.
ހުކުރު ދުވަހު ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާގެ ޖާސޫސީ ގޮފިން، ޤާނޫނު ހަދާ މަޖިލީހަށް ރިޕޯޓްކޮށްފައިވާ ގޮތުގައި، އުތުރު ކޮރެޔާއިން ރަޝިޔާއަށް އާޓިލަރީ ވަޒަން ސަޕްލައި ކުރަމުންދާ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 12 މިލިއަން ވަޒަން ފޮނުވާފައިވާ ކަމަށް ޔޮންހަޕް ނިއުސް އިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
