
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެކުވެރި ދައުލަތްތައް (އދ)ން އީރާނާ ދެކޮޅަށް އަލުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފި ނަމަ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތަކުގައި އޮތް ވިލާތުގެ ޤައުމުތަކުގެ ދައުރާއި ބައިވެރިވުން ނިމުމަކަށް އަންނާނެ ކަމުގައި ވިދާޅުވެ، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އިންޒާރު ދެއްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވުމަށް އެމެރިކާއިން އެ ޤައުމާ އެކު މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޖޫން 13ވަނަ ދުވަހު ޔަހޫދީން ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެން އެ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން 2015ވަނަ އަހަރު ވެސް އީރާނާ އެކު އެއްބަސްވުމެއް އެކުލަވައިލިއެވެ. ޢަރާޤިޖީ އިޝާރާތް ކުރައްވާފައި އެ ވަނީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަން ދީފައިވާ އެ އެއްބަސްވުމަށެވެ. ޖޭސީޕީއޯއޭގައިވާ ގޮތުން، އީރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ، އީރާނާ ދެކޮޅަށް އަލުން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބާރު އދއަށް ލިބިގެންދާނެއެވެ. ނަމަވެސް، 2018ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި، އެ އެއްބަސްވުމަށް އަމަލު ކުރުން ވަނީ ހުއްޓައިލައްވާފައެވެ. ޢަރާޤިޖީ ވިދާޅުވީ، މެދުކެނޑިފައިވާ މަޝްވަރާތައް އެމެރިކާއާ އެކު އަލުން ފެށޭނެ ގޮތްތަކެއް ދެނެގަތުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. “އަޅުގަނޑުމެން މި ދަނީ ވަގުތާއި، ތަނާއި، ގޮތާއި، [މަޝްވަރާ ކުރާނެ] ކަންކަން ދިރާސާ ކުރަމުން،” މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ކުރަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް ދެން ބާއްވާ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ނޫން އިތުރު މައުޟޫޢަކާ މެދު މަޝްވަރާ ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައެވެ. އަދި، ޚާއްޞަ ގޮތެއްގައި އީރާންގެ އަސްކަރީ ޤާބިލުކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައެވެ. “މަޝްވަރާތައް އަލުން ބާއްވައިފި ނަމަ، އޭގެ މައުޟޫޢަކަށް ވެގެންދާނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު މަޑުޖައްސައިލުމާއި، [އީރާނާ ދެކޮޅަށް] އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން،” ޢަރާޤިޖީ ވިދާޅުވިއެވެ. “އިތުރު އެއްވެސް މައުޟޫޢަކަށް މަޝްވަރާ ނުކުރެވޭނެ.” ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެނައުމުގެ ނަމުގައެވެ. އަދި، ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން އެމެރިކާއިން ވެސް ވަނީ ޖޫން 22ވަނަ ދުވަހު އީރާނަށް ޙަމަލާ ދީފައެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޓްރަމްޕްގެ އަމުރަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކެކެވެ. ނަމަވެސް، އީރާނުން ބުނީ، އެއީ ޔަހޫދީންނާއި އެމެރިކާ ގުޅިގެން އދގެ ޗާޓަރާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމުގައެވެ.
ޔަހޫދީންގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ނުރައްކާތެރި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ދީފައިވާ އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޔަހޫދީން މަރައިލައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ. އަދި، އެމެރިކާގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ޤަޠަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައެވެ. 12 ދުވަހަށް ފަހު އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އީރާނުން އެމެރިކާގެ އަސްކަރީ މަަރުކަޒަށް ޙަމަލާ ދިނުމަށް މަސައްކަތް ކުރުމުންނެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ، އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ން ނެރުނު ރިޕޯޓަކާ ޙަވާލާދީއެވެ. އީރާނުން ޖޭސީޕީއޯއޭއާ ޚިލާފަށް އަމަލު ކުރަމުންދާ ކަމުގައި އައިއޭއީއޭގެ ރިޕޯޓުގައި ތުހުމަތު ކުރުމާ ގުޅިގެންނެވެ. އެ ކަމާ މެދު ނުރުހުންވެ، އީރާނުން ވަނީ އައިއޭއީއޭއާ ގުޅުން ކަނޑައިލުމަށް ޤާނޫނެއް ފާސްކޮށް، ތަސްދީޤު ކޮށްފައެވެ. ނަމަވެސް، ޢަރާޤިޖީ ވިދާޅުވީ އީރާން ސަރުކާރުން އަދިވެސް އައިއޭއީއާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
