
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައި ނެތް ކަން ހާމަވެއްޖެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. މި ވަގުތު ބައްދަލުވުންތައް ކުރިއަށް ދަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައެވެ. ދެ ފަރާތުގެ ދެމެދުގައި މި ވަގުތު މަޝްވަރާ ކުރަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަށެވެ. މިއީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސަށް ދެއްވާނެ އެންމެ ފަހު ފުރުޞަތު ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް، މަޝްވަރާތަކުގައި ޢަލިމަގެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކަށް މަޑުޖެހުމެއް ގެނެސްފައެއް ނެތެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޢުދުވާނީ ޙަމަލާތައް އަމާޒުކޮށް، 110 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 34 މީހަކު ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒަކަށް ކާބޯތަކެތި ބަލައި ދިޔަ މީހުންނަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައެވެ. ޖީއެޗްއެފަކީ ޣައްޒާގައި ނިކަމެތިކޮށް، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާއާ ގުޅިގެން ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެކުވެރި ދައުލަތްތައް (އދ)ން ބުނީ، ޖީއެޗްއެފުން އެހީ ބަހާ މަރުކަޒުތައް ކައިރިއަށް ޖަމާ ކުރުމަށް ފަހު ޔަހޫދީ ފައުޖުން ޙަމަލާދީ 800އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
މަންޒަރު ފެނުނު މީހުން ބުނީ، ޣައްޒާގެ ދެކުނުގައި އޮތް ރަފަޙްގައި ހުރި ޖީއެޗްއެފްގެ މަރުކަޒު ކައިރީގައި ޔަހޫދީ ފައުޖުން ހިންގި ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ގިނަ މީހުންގެ ބޮލަށާއި މެޔަށް ބަޑި ޖަހާފައިވާ ކަމުގައެވެ. އަދި، ޔަހޫދީ ފައުޖުން ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައި ވަނީ އެއްވެސް އިންޒާރަކާ ނުލާ ކަމުގައި ވެސް މަންޒަރު ފެނުނު މީހުން ބުންޏެވެ. މި ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ދަވްޙާގައި މުހިންމު މަޝްވަރާތަކެއް ކުރަމުންދާއިރުު، މި ވަގުތު ދެބަސްވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ، ޣައްޒާގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ފޭބުމުގެ މައްސަލައެވެ. ޣައްޒާގެ ހުރިހާ ރަށަކުން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، ހުރިހާ ސިފައިން ފޭބުމަކީ ޙަމާސްގެ މުހިންމު ޝަރުޠެކެވެ. ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައި ވަނީ ޣައްޒާގެ ބިމުގެ %40 އެ މީހުންގެ ބާރުގެ ދާށުގައި ބޭއްވުމަށެވެ.
ޓްރަމްޕްގެ އެންމެ ފަހުގެ ހުށަހެޅުއްވުމުގެ އޮތީ ޙަމަލާ ބަދަލު ކުރުން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. އަދި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުމަށެވެ. އޭގެ ތެރެއިން 10 މީހުން މިނިވަން ކުރުމަށް ޙަމާސުން މިހާރު ވަނީ އެއްބަސްވެފައެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަހަރުން ފޭބުމާ އެކު، ޤަތުލުޢާންމު ހިންގުމަށް ދާއިމަށް މެދުކަނޑައިލުމުގެ މަޝްވަރާތައް ފަށަން ޖެހޭނެއެވެ. އެ ހުށަހެޅުމަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ. އަދި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ފެންނަމުން މި ދަނީ އެ ކަމާ ދެކޮޅަށް ޔަހޫދީން މަސައްކަތް ކުރަމުންދާ މަންޒަރެވެ. އަދި، މަޝްވަރާތައް ފޭލު ކޮށްލުމަށް ބަހަނާ ދައްކަމުންދާ ކުރަމުންދާ މަންޒަރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
