
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި މެންބަރު ކުލަބުތަކުން ފުޓްބޯޅަ ރަނގަޅުކުރުމުގެ ނިޔަތުގައި، އެއް ރޫހެއްގައި މަސައްކަތްކުރިތަން ފެނިގެންދިޔަ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރިމަގާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ކޮންމެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އެންމެ ފަހުވަގުތު ފުޓްބޯޅަ ރަނގަޅުކުރުމަށްޓަކައި ފުޓްބޯޅައިން ކުރިޔަށް ދިއުމަށް ބޭނުންވާތީ އެކަމަށް ހުރިހާ އެންމެން އެއްބަސް ކިޔައިގެން އެއް ރޫހެއްގައި މަސައްކަތް ކުރިކަމަށެވެ.
“މިއަދު އަޅުގަނޑަށް ހީވަނީ މިއޮތީ ހަމަ ވަރަށް ރަނގަޅު ޕްލެޓްފޯމަކަށް ފުޓްބޯޅަ ކޮމިއުނިޓީއަށް އާދެވިފައޭ. އެހެންވީމަ އަޅުގަނޑު ހަމަ ގަބޫލުކުރަނީ ކުރިޔަށް އޮތްތަނުގައި މުސްތަގްބަލުގައި ފުޓްބޯޅައިގެ ވަރަށް އުޖާލާ މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް” ޠަލާލް ވިދާޅުވިއެވެ. އެފްއޭއެމްގެ އިންތިހާބުގައި މިހާރު ވާދަކުރަނީ އެއް ޓީމަކުން ކަމަށާއި އެޓީމުން މަސައްކަތް ފަށައިގަނެ ފުޓްބޯޅަ ހަމަމަގަށް އެޅުވި މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. ފުޓްބޯޅައިގައިވެސް މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކަންކަންބައްޓަންވެގެންދިއުން އެއީ އަޅުގަނޑު އުންމީދު ކުރާގޮތް އަދި ހަމަ އުޖާލާ މުސްތަގްބަލެއް ފުޓްބޯޅައިން ދެކެން ބޭނުންވާކަމަށް ޠަލާލް ވިދާޅުވިއެވެ.
އެފްއޭއެމްގެ އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް (ޓޮމް) އެކަންޏެވެ. މިމަހުގެ 26 ގައި އިންތިހާބު ބާއްވާއިރު އޭނާ ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީއަށްވެސް މިހާރުވަނީ ހުރިހާ ކުލަބެއްގެ ތާއީދު ލިބިފައެވެ. މީގެ ކުރިން ކުޑަ ދުވަސްކޮޅު އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވި ޠާރިޤް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ އެފްއޭއެމްގެ ހުރިހާ މެންބަރު ކުލަބެއްގެ ތާއީދާއެކުގައެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ އެފްއޭއެމްގެ ކުރިމަގަށް ވިސްނާއިރު މިހާރު އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
