
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ. މި ކުތުބުޚާނާ ނުވަތަ ލައިބުރަރީ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.
ސަލްމާން މިސްކިތުގައި ހުޅުވާފައިވާ މި ކުތުބުޚާނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ލައިބްރަރީއެވެ. މިތަނުގައި 10،000 އަށްވުރެ ގިނަ ފޮތް ތަފާތު 4 ބަހަކުން ކިޔެން ހުރެއެވެ. އަދި އަދަބިއްޔާތާއި ފިޤުހާއި ސުންނަތާއި އިސްލާމީ ތާރީޚާއި އިސްލާމީ މާލިއްޔަތާއި ޙަދީޘްގެ ޢިލްމާ ގުޅުންހުރި ގިނަ އަދަދެއްގެ ފޮތްތައް މި ލައިބްރަރީން ލިބެން ހުންނާނެއެވެ.

ލައިބްރަރީ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ޒަޢާމަތާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގަތް ދެއްކެވި ވާހަކަފުޅުގައި ދެ ތަރައްޤީއެއްގެ ވާހަކަ ފާހަގަކުރެއްވި ކަމަށެވެ. އެ ގޮތުން މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ޤައުމު ތަރައްޤީކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއިރު، މަޢުނަވީ ގޮތުން ގެނެވޭ ތަރައްޤީއަކީ އިންސާނުން ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނާ ކުރިއަރާ ޢިލްމީ ބަޔަކަށްވުމުގައި އެންމެ މުހިންމު ދައުރެއްއަދާކުރާ އެއްބަޔަކީ ކުތުބުޚާނާތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ޤާއިމުކުރުމަކީ މަޢުނަވީ ތަރައްޤީ ގެނައުމުގައި މުހިންމު ދައުރެއްއަދާކުރާނެ އެއްޗެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވާތީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ ޢިލްމު އުނގެނުމަށް. ފޮތަކީ އިންސާނާ ހޭލުންތެރިކޮށްދޭ ހެޔޮ މަގަށް މަގު ދައްކައިދޭ އެއްޗެއް. އިންސާނާގެ ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ އެއްޗެއް.” ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަލްމާން މިސްކިތުގައި ޤާއިމުކުރި ލައިބްރަރީއަށް އިތުރު 5،000 ފޮތް އިތުރުކުރެވޭނެ ކަމަށެވެ. އަދި ސްކޫލް ކުދިންނަށާއި ޔުނިވަރސިޓީ ދަރިވަރުންނަށް ޚާއްސަ އިންތިޒާމުތަކެއްގެ ތެރެއިން ލައިބްރަރަރީ ބޭނުންކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
