
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު އުފެއްދި މަޤްޞަދާއި ޚިލާފަށް ޓީ ބިލް ގަތުމަށާއި ލޯނު ދޫކުރުމަށް އެ ފަންޑު ބޭނުން 2017 އިން 2023 ވަނަ އަހަރާއި ހަމައަށް ބޭނުންކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ހާމަކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު “ރިވިއު އޮފް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު 2017 ޓު 2023” ރިޕޯޓުގައެވެ. އޮޑިޓު ރިޕޯޓުން ދައްކާގޮތުގައި 2023 ވަނަ އަހަރު މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާހުގެ ކުރިން ފަންޑު ބޭނުންކުރަމުންދިޔައީ ރަސްމީކޮށް ވަކި ޤާނޫނެއް ނެތިއެވެ. އޭރު މި ފަންޑު އުފެއްދި މަޤްޞަދު ކަމަށް ބަޔާންކުރީ، ދައުލަތުގެ ދަރަނި ދެއްކުމެވެ. މި މަޤްޞަދުގައި ފަންޑު އުފެއްދި ނަމަވެސް، ފަންޑުގައި ހުރި ފައިސާ ވަނީ 2019 ވަނަ އަހަރު ޑިސެމްބަރު އެމްއޭއާއި، ފިނޭންސް މިނިސްޓްރީ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިވެހި ފައިސާއަށް ބަދަލުކުރަން ފަށާފައެވެ. އެ އެއްބަސްވުން ނިމުމަކަށް ގެނައީ 12 ސެޕްޓެމްބަރ 2023 ގައި ކަމަށް އޮޑިޓް އޮފީހުން ވިދާޅުވިއެވެ. އަދި ދިވެހި ފައިސާއަށް ބަދަލު ކުރެވުނު އަދަދު އެއްބަސްވެވޭ ގޮތެއްގެ މަތިން ޑޮލަރަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.
މިކަމުގެ ސަބަބުން 2023 ވަނަ އަހަރު ނިމުނުއިރު ފަންޑުގައި ޖުމްލަ ހުރި 7.5 ބިލިޔަން ރުފިޔާގެ ތެރެއިން 65 އިންސައްތައަކީ، ދިވެހި ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް 4.9 ބިލިޔަން ރުފިޔާއެވެ. ޑޮލަރުން ފަންޑުގައި ހުރީ އެންމެ 35 އިންސައްތަ ނުވަތަ 170.25 އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން އެކި އިންވެސްޓްމެންޓުތަކުގައި ހިމެނޭ ފައިސާ ނުލައިނަމަ 2023 ވަނަ އަހަރުގެ ނިޔަލަށް ފަންޑުގައި ހުރީ ނަގުދު ފައިސާގެ ގޮތުގައި ހުރީ 10.91 މިލިޔަން ރުފިޔާއެވެ. ޑޮލަރުން ހުރީ އެންމެ 17.58 މިލިޔަން ޑޮލަރެވެ.
ދަރަނި ދެއްކުމަށް ބޭނުން ކުރުމުގެ މަޤްޞަދުގައި އުފެއްދި މި ފަންޑުގެ 88 އިންސައްތަ 2023 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކޮށްފައިވަނީ ޓީ ބިލް ގަތުމަށެެވެ. އެހާތަނަށް ހަމައެކަނި ޓީ ބިލް ގަތުމަށް 6.566 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން ޑޮލަރުން ޓީ ބިލް ގަތުމަށް 138.74 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ބާކީއަށްވާ 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދިވެހި ރުފިޔާއިންނެވެ.

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ޓީ ބިލަށް ފަންޑުގެ ބޮޑުބައެއް ބޭނުންކޮށްފައިވާއިރު އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ފަންޑު އުފެއްދި މަޤްޞަދާއި މުޅިން ޚިލާފުކަމެކެވެ. މީގެއިތުރުން 2025 އަދި 2026 ވަނަ އަހަރު ދަރަނީގެ ބޮޑު އަދަދެއް ދައްކަން ޖެހޭއިރު، ޓީ ބިލަށް މިގޮތަށް އިންވެސްޓްކުރުމުން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގައި ދަތިވެގެންދާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޮޑިޓު ރިޕޯޓުން ދައްކާގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ފަންޑުގައި ހުރި ފައިސާއިން ލޯނު ދީފައިވެއެވެ. އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި ފަންޑުގައި ހުރި ފައިސާ މިގޮތަށް ބޭނުންކޮށްފައިވާއިރު ލިޔެކިއުންތައް ރަނގަޅަށް ބަލަހައްޓާފައިނުވެއެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާއިރު، އަދުގެ ސަރުކާރުން ވަނީ މި މި ފަންޑުގެ ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް އެކުލަވާލުމަށް އެކަމާއި ގުޅޭ ބިލެއް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލު ފުރަތަމަ 19 ވަނަ މަޖިލީހަށް ހުށެހެޅުމުން އޭރު އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބިލު ބޭރުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
