
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮސްޓްރޭލިޔާގެ އެކަހެރި ސަރަޙައްދަކަށް ގެއްލުނު ޖަރުމަނުވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ ކެރޮލީނާ ވިލްގާ، ގެއްލުނުތާ 12 ދުވަސް ފަހުން ފެނިއްޖެއެވެ. ފަތުރުވެރިއެއްގެ ގޮތުގައި އޮސްޓްރޭލިޔާއަށް ޒިޔާރަތް ކުރަމުންދާ ‘ބެކްޕެކަރ’އެއް ކަމަށްވާ ކެރޮލީނާ ގެއްލުނީ މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ހުޅަނގު އޮސްޓްރޭލިޔާގެ ވީޓްބެލްޓު ސަރަޙައްދުންނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ޕަރތުއާ ގާތްގަނޑަކަށް 254 ކިލޯމީޓަރު ދުރުގައި އޮންނަ ބީކަން ކިޔާ ސަރަޙައްދަކުންނެވެ. ކަމާބެހޭ އިދާރާތަކުން ކެރޮލިނާ ހޯދުމުގެ މަސައްކަތް ފުޅާކުރީ އޭނާ ދުއްވި އުޅަނދު ހަރޫން ހިލް ކިޔާ ސަރަޙައްދެއްގެ ޗަކަގަނޑެއްގައި ތާށިވުމުން އެ ސަރަޙައްދަށް އުޅަނދު ދޫކޮށްލާފައި އޮތް މަންޒަރު ފެނުމުންނެވެ. އޭނާ ދުއްވި ވޭން ފެނުނީ އޭނާ ގެއްލުނުތާ 11 ދުވަސް ފަހުން، ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. އެ އުޅަނދު ފެނުމާއެކު ވައިގެ މަގުން އެ ސަރަޙައްދު ބަލައި، އެ ސަރަޙައްދުގައި ފޮރެންސިކު މަސައްކަތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކެރޮލީނާ ފެނިފައި ވަނީ އެއާ ޖެހިގެން އައި ދުވަހު، ޖުލައި މަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ފެނިފައި ވަނީ އޭނާގެ ވޭން ފެނިފައިވާ ސަރަޙައްދާ ގާތްގަނޑަކަށް 20 ކިލޯމީޓަރާ 24 ކިލޯމިޓަރާ ދެމެދު ދުރު ސަރަޙައްދަކުންނެވެ. އޭނާ ފެނުނީ އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ އާންމުންގެ މީހަކަށެވެ. އޭނާ ފެނުނުއިރު އޭނާ ދިޔައީ ގަސްގިނަ ޖަންގަލީ ސަރަޙައްދެއްގައި އޮތް ހަނިހަނި މަގަކުން ހިނގަމުންނެވެ. އެނގިފައިވާ ގޮތުގައި ކެރޮލީނާ އޭނާގެ އުޅަނދު ދޫކޮށް ހިނގައިގަތީ އެ އުޅަނދު ޗަކަގަނޑުގައި ތާށިވުމުން ދަތުރު ކުރިއަށް ނުގެންދެވިގެންނެވެ.
އޭނާގެ ފޯނަށް ރޭންޖު ނުލިބޭތީ، އޭނާ ހިނގައިގަތީ މީހުން ދިރިއުޅޭ ސަރަޙައްދެއް ހޯދުމަށެވެ. ނަމަވެސް އޭނާގެ އުޅަނދު ހުއްޓުނު ސަރަޙައްދާ ކައިރި ހިސާބެއްގައި އެއްވެސް އަވަށެއް ނެެތެވެ. މަގުމަތީގައި ކެރޮލީނާ ހޭދަކުރި 12 ދުވަހުގެ ތެރޭގައި ބޯ ވާރެޔާއި ސުން ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް ދަށް ފިނިހޫނުމިނުގައި ރޭތައް ހޭދަކޮށްފައިވެއެވެ. ކާނޭބޯނޭ އެއްޗެއް ނެތި، ވާރޭވެހުމުން ބިމުގައި ހެދިފައިވާ ފެންގަނޑުތަކުން ފެން ބޮއެގެން ދިރިހުރުމަށް އޭނާއަށް މަޖުބޫރުވިއެވެ. ބައެއް ހޮހޮޅަ ތަކުގައި ވެސް އޭނާ ހިޔާވަހިކަން ހޯދާފައިވެއެވެ. އޭނާ ހިނގަމުން ދިޔައީ އިރަށް ބަލައިގެން ހުޅަނގާވީ ކޮޅަށެވެ. އޭނާ ފެނުނު އިރު އޭނާގެ މުޅި ހަށިގަނޑުގައި ހުރީ ވަރަށް ބޮޑަށް މަދިރި ހަފާފައެވެ. ހަށިގަނޑުން ފެން މަދުވެ ޑީހައިޓްރޭޓްވުމުގެ އިތުރުން ގައިގެ އެކި ތަންތަން މަށައިގެން ގޮސް ކަނޑައިގެން ގޮސްފައިވި ނަމަވެސް އޭނާއަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އޮސްޓްރޭލިޔާގެ ކަމާބެހޭ އިދާރާތަކުން ބުނީ ކެރޮލީނާ ހެޔޮ ޙާލުގައި ފެނުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ. ދަތި އުނދަގޫ ޙާލަތެއްގައި އޭނާއަށް ދިރިހުރެވުނީ އޭނާގެ ހިތްވަރުން ކަމަށް އެ އިދާރާތަކުން ބުނެއެވެ. ކެރޮލީނާ މިހާރު ދަނީ ޕަރތުގެ ހަސްފަތާލެއްގައި ފަރުވާ ހޯދަމުންނެވެ. ޞިއްޙަތު ރަނގަޅުވުމުން އޮސްޓްރޭލިޔާގައި އޭނާ ކުރަމުންދާ ދަތުރު ކުރިއަށް ގެންދިޔުމަށް އޭނާ ބޭނުންވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
