
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނާއި އެމެރިކާއާ ދެ ޤައުމަށް ނިޞްބަތްވާ މީހަކަށް ޙަމަލާދީ ޝަހީދުކޮށްލައިފިއެވެ. އެމެރިކާގެ ރަށްވެހިކަން އޮންނަ އުމުރުން 20 އަހަރުގެ ސައިފުالله މުޞައްލަތަށް ޙަަމަލާދީފައި ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑަކުންނެވެ. އެ މީހުން ވަނީ ހުޅަނގު އައްސޭރީގެ ސިންޖިލްގައި ސައިފުالله ގައިގައި އަނިޔާވެރިކޮށް ތަޅާ މާރާމާރީ ހިންގާ އޭނާ ޝަހީދުކޮށްލައިފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ރައްޔިތެއް ކަަމަށްވާ އުމުރުން 23 އަހަރުގެ ޙުސައިން އަލް-ޝަލަބީ ވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އޭނާ ޝަހީދުކޮށްލީ އޭނާގެ ގަޔަށް ބަޑިޖަހާފައެވެ.
އެމެރިކާގެ ޓެެމްޕާ ސްޓޭޓުގެ ފްލޮރިޑާގައި ދިރިއުޅޭ މުސައްލަތުގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ މުޞައްލަތަށް ފަރުވާ ދިނުމަށް އެ ސަރަޙައްދަށް ކައިރިވުމަށް ތިން ގަޑިއިރުވަންދެން ޞިއްޙީ އެހީތެރިން މަސައްކަތް ކުރި ކަމަށެވެ. އެންމެ ފަހުން އޭނާގެ ބޭބޭ އޭނާ އުފުލާލާއިގެން އެންބިއުލަންސަކާ ހަމައަށް ގެންދިޔަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ހަސްފަތާލާ ހަމައަށް ފޯރުމުގެ ކުރިން މުސައްލަތުު ޝަހީދުވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ބަޔާނުގައި އިތުރަށް ބުނީ މި ޙާލަތަކީ އެއްވެސް ޢާއިލާއަކުން ދުވަހަކު ވެސް ކުރިމަތިލުމަށް ނޭދޭ ވަރުގެ އަނިޔާވެރި އަދި ބޭއިންސާފުވެރި ޙާލަތެއް ކަމަށެވެ. ޢާއިލާއިން ވަނީ އެެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަގުތުން ވަގުތަށް ތަހުޤީޤެއްް ފަށައި، ސައިފުالله ޝަހީދުކޮށްލި ޔަހޫދީ ބައިގަނޑު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ހުޅަނގު އައްސޭރީގައި އެފަދަ ހާދިޘާއެއް ހިންގާފައިވާ ކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ޙަމަލާގެ ޝިކާރައަކަށްވީ ސައިފުاللهގެ ޢާއިލާއަށް މި ހައްސާސް ވަގުތު އިޚްތިރާމުކުރުމުގެ ގޮތުން އެ ހާދިޘާއާ ގުޅޭގޮތުން މި ވަގުތު ބަހެއް ބުނެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޣައްޒާާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޙާމަލާދޭން ފެށިފަހުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންދޭ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގަންނަވާ، އޭނާ ވަނީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް، ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލައްވައިފައެވެ.
ފާއިތުވި އަހަރުތަކުގައި ޔަހޫދީން ޝަހީދުކޮށްލާފައިވާ އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ފަލަސްޠީނާއި އެމެރިކާއާ ދެ ޤައުމަށް ނިޞްބަތްވާ ނޫސްވެރިއެއް ކަމަށްވާ، ޝީރީން އަބޫ އަކްލަޙްއާއި ޅަފުރައިގެ ކުއްޖެއް ކަމަށްވާ ޢުމަރު މުޙައްމަދު ރާބިއާއާއި ތުރުކީވިލާތާއި އެމެރިކާއާ ދެ ޤައުމަށް ނިޞްބަތްވާ އެކްޓިވިސްޓެއް ކަމަށްވާ އައިސަނޫރު އެޒްގީ އައިގީ ހިމެނެއެވެ. އދގެ އެންމެ މަތީ ކޯޓުން މިދިޔަ އަހަރު ވަނީ ހުޅަނގު އައްސޭރި ހިމެނޭ ގޮތަށް ފަލަސްޠީނުގެ ސަރަޙައްދުތަކަށް ޔަހޫދީން ވެރިވެގަތުމާއި އެ ސަރަޙައްދުތަކުގައި ވަޒަންވެރިވުމަކީ ޤާނޫނާ ޚިލާފު އަމަލުތަކެއް ކަމަށް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް ޔަހޫދީން އެ ސަރަޙައްދުތައް ދޫކޮށް ދާންޖެހޭ ކަމަށް ބުނެފައެވެ. ހުޅަނގު އައްސޭރިއަކީ ފަލަސްޠީނުން މިނިވަން ދައުލަތެއް ޤާއިމުކުރަން އެދޭ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ސަރަޙައްދެެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
