
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކެނެލްއާއި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއަށް އެތެރެނުވެވޭގޮތަށް ވިސާ ނުދޭން ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި، ރައީސް ޑިއާޒް-ކެނެލްގެ އިތުރުން، ކިއުބާގެ ޑިފެންސް މިނިސްޓަރު އަލްވާރޯ ލޮޕޭޒް މިއެރާ، އިންޓީރިއަރ މިނިސްޓަރު ލާޒާރޯ އަލްބަރޓޯ އަލްވަރޭޒް ކާސާސް އަދި އެ ބޭފުޅުންގެ އަރިސް ބޭފުޅުން ހިމެނޭ ކަމަށެވެ. އަދި މިއީ 2021 ވަނަ އަހަރުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ކިއުބާގެ ރައްޔިތުން ކުރި ސުލްޙަވެރި މުޒާހަރާތައް ހުއްޓުވަން، ބާރުގެ ބޭނުންކޮށްގެން ހިންގި ޖަރީމާތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ރޫބިޔޯ ވިދާޅުވިއެވެ.
ރޫބިޔޯ ވަނީ، ކިއުބާގެ ރަހުމްކުޑަ ސަރުކާރަށް ފަންޑުކުރަން ބޭނުންކުރާ ސަރުކާރުން ހިންގާ މަތީފަންތީގެ ހޮޓަލެއް ކަމަށްވާ ޓޯރޭ ކޭ ހޮޓާވެސް، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓަށް އިތުރުކޮށްފައިވާކަން ވެސް އިޢުލާނު ކުރައްވައިފައެވެ. އިޤްތިޞާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކިއުބާ ވަނިކޮށް، މަތިފަންތީގެ މިފަދަ ހޮޓާތަކަށް ސަރުކާރުން އިންވެސްޓުކުރުމުން ކިއުބާގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ރޫބިޔޯ ވިދާޅުވި ގޮތުގައި، ކިއުބާގެ ރައްޔިތުން ނިކަމެތި ހާލުގައި ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް ނުލިބި އުޅެން މަޖުބޫރުވެފައިވާއިރު، ދަޢުލަތުގެ ފައިސާ، ކިއުބާ ސަރުކާރުގެ ވެރިން ނަހަމަ ގޮތުގައި ދަނީ ބޭނުންކުރަމުންނެވެ.
ޓޯރޭ ކޭ ހޮޓަލުގެ އިތުރުން ކިއުބާ ސަރުކާރާ ގުޅުން އޮތް އިތުރު 10 ތަނެއް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓަށް އިތުރުކުރެވިފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ކިއުބާގެ ސަރުކާރާ ދެކޮޅަށް އާންމުންގެ އެތައް ހާސް ބަޔަކު ނުކުމެ 2021 ވަނަ އަހަރު ކުރި މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވައިފައެވެ. އެ ހަމަނުޖެހުންތަކުގައި އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. އެ މުޒާހަރާތަކާ ގުޅިގެން 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ޖަލަށްވެސް ލާފައިވެއެވެ. މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ އޭރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ނިރުބަވެރި ޖަމާޢަތްތަކަށް ފަންޑުކުރާ ލިސްޓުން ކިއުބާ އުނިކޮށްފައެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމާއެކު އެ ލިސްޓުގައި ކިއުބާ އަލުން ހިމަނައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
