
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، އެ ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ސްވިޗު ކަނޑައިލިކަން، އެ ހާދިސާގެ ތަހުޤީގުގެ އިބްތިދާޢީ ރިޕޯޓުން ހާމަވެއްޖެއެވެ. ޖޫން 12 ވަނަ ދުވަހު ހިނގި އެ ހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް، އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާ، އޭއޭއައިބީ އިން އާންމުކުރި އިބްތިދާޢީ ރިޕޯޓުގައި ބަޔާންކޮށްފައިނުވި ނަމަވެސް، އެ މަތިންދާބޯޓު ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންޖީނުތަކަށް ތެޔޮ ފޮނުވާ ސްވިޗު “ރަން” އިން “ކަޓްއޮފް”އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެ ސްވިޗްތައް ކަނޑައިލުމާއެކު، ބޮއިންގް 787 މަރުކާގެ މަތިންދާބޯޓު، އިތުރަށް މައްޗަށް އުދުހެން ބޭނުންވާ ސްޕީޑު ނުލިބި، ވަގުތުން ތިރިވާން ފެށިކަމަށް ރިޕޯޓުގައިވެއެވެ.
ޕައިލެޓުން ތިބޭ، ކޮކްޕިޓްގެ އޯޑިއޯ ރެކޯޑިންގގައި، ތެޔޮ ސްވިޗު ކަނޑައިލީ ކީއްވެގެންތޯ ޕައިލެޓަކު އަނެއް ޕައިލެޓު ގާތު އަހާ އަޑު އިވޭއިރު، ޖަވާބުގައި އެ ސްވިޗު ކަނޑާނުލާ ކަމަށް އަނެއް ޕައިލެޓު ބުނާ އަޑު އިވޭކަމަށް ރިޕޯޓުގައި ބުންޏެވެ. ނަމަވެސް، އެ ސްވިޗުތައް ކެނޑެން މެދުވެރިވި ސަބަބެއް އެ ރިޕޯޓުގައި ބަޔާންކޮށްފައިނުވާއިރު، އެ ސްވިޗުތަކަކީ އެހާ ފަސޭހައިން، އޮޅިގެން ކަނޑައިލެވޭނެ ސްވިޗުތަކެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މަތިންދާބޯޓެއްގެ އިންޖީނުތަކަށް ތެޔޮ ފޮނުވާ ސްވިޗުތައް އާންމުކޮށް ކަނޑައިލަނީ، ބޯޓު އެއާޕޯޓުގައި ޖެއްސުމަށްފަހު ނޫނީ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކުއްލި ޙާލަތެއްގައެވެ. ނަމަވެސް، އެއަރ އިންޑިޔާގެ ވެއްޓުނު މަތިންދާބޯޓަށް އެފަދަ ޙާލަތެއް މެދުވެރިކަމަކަށް ރިޕޯޓުގައި ބުނެފައެއްނުވެއެވެ.
އެ ރިޕޯޓުގައި، އެއަރ އިންޑިޔާއިން އަދި އެ މަތިންދާބޯޓު އުފެެއްދި ބޮއިންގ ކުންފުނިން ވެސް ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން މި ވަގުތު ލަފާދީފައެއް ނުވެއެވެ. ޖޫން 12 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.
މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެފައިވެއެވެ. އެ މީހުންގެ ތެރެއިން ސަލާމަތްވެފައިވަނީ އެންމެ މީހެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެ މީހާ ސަލާމަތްވީ، ބޯޓު ވެއްޓެން ދިޔަ ވަގުތު ބޯޓުން ފުއްމާލައިގެންނެވެ.
މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދުއާބާދުގެ ވައިގެ ބަނދަރު ކައިރީގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖުގެ ދަރިވަރުން ތިބޭ ހޮސްޓެލްގެ ބަޔަކަށެވެ. އެތަނުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު، މި ހާދިސާގައި 270 މީހުން މަރުވެފައިވާކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
