
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ދެމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް ޚާއްޞަ އުކުޅުތަކެއް ބޭނުން ކުރަން ފަށައިފިއެވެ. މި ގޮތުން، ބައެއް އުޅަނދުފަހަރުން ދަނީ، އެ އުޅަނދުތަކުގައި ތިބި ހުރިހާ ފަޅުވެރިންނަކީ މުސްލިމުން ކަމަށް ބުނެ، މެސެޖުތަކެއް ފޮނުވަމުންނެވެ. އަދި، އެ އުޅަނދުފަހަރުގައި ތިބީ ކޮން ޤައުމުތަކެއްގެ ފަޅުވެރިންނެއް ކަން ވެސް ހާމަކުރަމުންނެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. ރަތް ކަނޑަކީ، ތެލާއި އެހެނިހެން މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެކެވެ. ނަމަވެސް، ފަލަސްޠީނުގެ މުސްލިމުންނަށް ވާގިވެރިވުމަށް ޙޫޘީން ފެށި ކެމްޕޭނާ ގުޅިގެން ރަތް ކަނޑު މެދުވެރިކޮށް މުދާ އުފުލުމުގެ ޚިދުމަތަށް ވަނީ ބުރޫއަރާފައެވެ. އަދި، އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ނުރައްކާ ބޮޑުވެ، އުޅަނދުފަހަރުގެ އަދަދު ވަނީ މަދުވެފައެވެ.
ހުސްވި ހަފުތާގައި ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރު ކުރި ދެ އުޅަނދަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ، އެ ދެ އާގުބޯޓު ފައްތައިލާފައެވެ. އެ ޖަމާޢަތުގެ ވެރިޔާ، ޢަބްދުލްމަލިކް އަލް-ޙޫޘީ ވިދާޅުވީ، ރަތް ކަނޑު މެދުވެރިކޮށް ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރާއި، އެ ކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އެހެން އުޅަނދުފަހަރަށް ސަލާމަތެއް ނޯންނާނެ ކަމުގައެވެ. ނަމަވެސް، ޙޫޘީންގެ ޙަމަލާތަކުން ސަލާމަތްވުމަށް އާގުބޯޓުފަހަރުން މި ވަނީ ޚާއްޞަ އުކުޅުތަކެއް ބޭނުން ކުރަން ފަށާފައެވެ. މި ގޮތުން، ރަތް ކަނޑުގެ އިތުރުން ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރާ ބައެއް އާގުބޯޓުތަކުން، އެ އުޅަނދުފަހަރުގެ ޓްރެކިންގް ނިޒާމު މެދުވެރިކޮށް ދަނީ ޚާއްޞަ މެސެޖުތަކެއް ދުރަށް ފޮނުވަމުންނެވެ. އޭގެ ތެރެއިން ބައެއް މެސެޖުތަކުގައި، އެ އުޅަނދެއްގައި ތިބި ފަޅުވެރިން ނިސްބަތްވާ ޤައުމުގެ ނަން ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން އެއް މެސެޖުގައި ލިޔެފައި ވަނީ “ހުރިހާ ފަޅުވެރިންނަކީ މުސްލިމުން” ކަމުގައެވެ. އަދި، ޒަޔަނިސްޓު އިސްރާއީލާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމުގައި ވެސް ބައެއް މެސެޖުތަކުގައި ލިޔެފައިވެއެވެ.
މިއީ، ޙޫޘީންގެ ވަރުގަދަ ޙަމަލާތަކުން ސަލާމަތްވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ކަނޑު ދަތުފުފަތުރު ކުރާ އުޅަނދުފަހަރު ޓްރެކް ކުރާ ކުންފުނިތަނުން ބުންޏެވެ. ނަމަވެސް، ކަނޑުމަތީގެ ސަލާމަތާ ބެހޭ ތަޖުރިބާކާރުން ބުނީ، މި ފަދަ ފިޔަވަޅުތަކުގެ ސަބަބުން ޙޫޘީންގެ ޙަމަލާތައް ހުއްޓުވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ބައެއް ތަޖުރިބާކާރުން ބުނީ، އެއްވެސް އުޅަނދަކަށް ޙަމަލާ ދިނުމުގެ ކުރިން ޙޫޘީންގެ ޖާސޫސީ އިދާރާއިން އެ އުޅަނދަކާއި، އޭގައި ތިބި ފަޅުވެރިންނާ ބެހޭ ގިނަ އަދަދެއްގެ މަޢުލޫމާތުތަކެއް އެއްކޮށް، ދިރާސާ ކުރާ ކަމުގައެވެ. ހުސްވި ހަފުތާގައި ދިން ޙަމަލާތަކުގައި ދެ އުޅަނދެއް ފައްތައިލުމާ އެކު، ރަތް ކަނޑުން މުދާ އުފުލުމުގައި އިންޝުއަރެންސަށް ކުރަން ޖެހޭ ޚަރަދުތައް ވަނީ ދެގުނައަށް އުފުލިފައެވެ. އިންޝުއަރެންސް ދާއިރާގެ މާހިރުން ބުނީ، ޙޫޘީންގެ އެންމެ ފަހުގެ ޙަމަލާތަކާ އެކު ޕްރިމިޔަމްގެ އަގު %0.7އިން އުފުލިފައިވާ ކަމުގައެވެ. ޕްރިމިިޔަމްގެ އަގުތައް މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިން ހުރީ %0.3ގައެެވެ. އިންޝުއަރެންސްގެ ޚިދުމަތްދޭ ބައެއް ކުންފުނިތަކުން، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޚިދުމަތް ދިނުން މެދުކަނޑައިލާފައިވާ ކަމުގައި ވެސް ތަޖުރިބާކާރުން ހާމަކުރިއެވެ.
ބައެއް މާހިރުން ބުނީ، ހަތް ދުވަހުގެ ދަތުރަކަށް ބައެއް ކުންފުނިތަކުން ނަގާ އިންޝުއަރެންސް ފީ %1އަށް ވެސް އުފުލިފައިވާ ކަމުގައެވެ. މިއީ، 2024ވަނަ އަހަރު ޙޫޘީންގެ ޙަމަލާތައް އެންމެ ބޮޑަށް ވަރުގަދަ ކޮށްފައިވާ ދުވަސްވަރުގެ އަގުތަކާއި އެއްހަމަ އަގުތަކެކެވެ. މިއާ އެކު، ކޮންމެ އުޅަނދަކުން އިންޝުއަރެންސަށް ކުރަން ޖެހޭ ހޭދަ އެތަކެއް ހާސް އެމެރިކާ ޑޮލަރަކަށް އުފުލިގެން ގޮސްފައިވާ ކަމުގައި ތަޖުރިބާކާރުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
