
32 ޓީމާއެކު ކުރިއަށްދާ ކުލަބު ވޯލްޑް ކަޕާއެކު ފެށިގެން މި ދިޔައީ ކުލަބު ފުޓްބޯޅައިގެ ރަން ޒަމާން ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މުބާރާތުގެ އެމްބެސެޑަރު ބްރެޒިލްގެ ރޮނާލްޑޯ އާއި އިޓަލީގެ ކުރީގެ ފޯވަޑް ރޮބާޓޯ ބާޖިއޯ އާއި ބްރެޒިލްގެ ކަކާ ފަދަ ލެޖެންޑުންނާއެކު އިންނަވައިގެންނެވެ. އިނގިރޭސިވިލާތުގެ ޗެލްސީ އާއި ޔޫރަޕާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ މިރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން އެމެރިކާގެ ޓްރަމްޕް ޓަވަރުގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ މުބާރާތް ވަރަށް ކާމިޔާބު ކަމަށެވެ.
ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ނަމަވެސް އިންފަންޓީނޯ ވިދާޅުވީ އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ މުބާރާތް މާލީ ގޮތުން ވެސް ވަރަށް ކާމިޔާބު ކަމަށެވެ. “އަހަރެން ހަމަ ޔަގީނުން ވެސް ބުނާނަން މިއީ ވަރަށް ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް. ދުނިޔޭގެ ކުލަބު ފުޓްބޯޅައިގެ ރަން ޒަމާން މިއޮތީ ފެށިފައި. އަހަރުމެން ހުރިހާ އެންމެންގެ ހިޔާލަށް ވެސް އިހްތިރާމް ކުރަން. އެކަމަކު މިއީ ކާމިޔާބު މުބާރާތެއް. ކޮންމެ މެޗަކަށް އެވްރެޖްކޮށް 40000 މީހުން ކުޅިބަލަން ވަދެފައިވޭ. ދުނިޔޭގެ އެއްވެސް ލީގެއް މި އަދަދަށް މީހުން ކުޅިބަލަން ނުވަންނާނެ އިނގިރޭސި ވިލާތުގައި ފިޔަވައި. އެއީ މުޅިން ތަފާތު އަދި އަމިއްލަ ބައިވަރު ދަނޑު އޮތް ލީގެއް،” އިންފަންޓީނޯ ވިދާޅުވި އެވެ.
ހޫނު ގަދަ ވަގުރުތަކުގައި މެޗުތައް ކުޅުމުގެ ސަބަބުން ދަނޑުތައް ހުސްކޮށް އޮތް ނަމަވެސް އިންފަންޓީނޯ ވިދާޅުވީ މާލީ ގޮތުން ވެސް މުބާރާތް ކާމިޔާބު ކަމަށެވެ. އަދި އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ދަނޑުތައް ފުރާލާނެ ކަމަށެވެ. “ބައެއް މީހުން ބުނި މި މުބާރާތަކީ މާލީ ގޮތުން ފައިދާ ނުވާނެ މުބާރާތަކަށޭ ވާނީ. އެކަމަކު އަހަރުމެންނަށް މި މުބާރާތުން ދެ ބިލިއަން ޑޮލަރު ލިބުނު. މެޗަކަށް އަހަރުމެންނަށް ލިބުނު 33 މިލިއަން ޑޮލަރު. ދުނިޔޭގެ އެހެން އެއްވެސް މުބާރާތެއްގައި މެޗަކަށް 33 މިލިއަން ޑޮލަރެއް ނުލިބޭނެ. މިހެންވީމާ މި މުބާރާތް ކާމިޔާބު،” އިންފަންޓީނޯ ބުންޏެވެ. އޭނާ ބުނީ ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ކުލަބު މުބާރާތަކީ ވެސް މިއީ ކަމަށެވެ. ނަމަވެސް މި މުބާރާތަށް ކޯޗުންނާއި ކުޅުންތެރިންނާއި ލީގުތަކުގެ ވެރިން ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
